ނަޝީދުގެ ޝަރީއަތަކީ އިޖުރާއަތުތަކާއި ހިލާފަށް ހިނގި ސިޔާސީ ކުޅިގަނޑެއް: އެމާސަން
image
ބެން އެމާސަން---ފޮޓޯ:ގާޑިއަން
5 ކޮމެންޓް
 

ނަޝީދުގެ ޝަރީއަތަކީ އިޖުރާއަތުތަކާއި ހިލާފަށް ހިނގި ސިޔާސީ ކުޅިގަނޑެއް: އެމާސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިނގާފައިވަނީ އަވަސް އަރުވާލައިގެން އިޖުރާއަތުތަކާއި ހިލާފަށް ހިނގި ސިޔާސީ ކުޅިގަނޑެއް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއް ކަމަށްވާ ބެން އެމާސަން ވިދާޅުވެއްޖެއެވެ.
ބެން އެމާސަންއަކީ ރައީސް ނަޝީދުގެ މައްސަލާގައި ވަކާލާތު ކުރެއްވުމަށް އައްޔަން ކުރެއްވި ބައިނަލް އަގުވާމީ ތިން ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ އެ ތިން ވަކީލުންގެ ފަރާތުން ރައީސް ނަޝީދުގެ މައްސަލާގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސްއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ "ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނާ" ވެސް ހިލާފަށް ކަމަށެވެ.

ބެން އެމާސަންއަކީ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލް އަގުވާމީ ގާނޫނުތަކުގެ މާހިރެކެވެ. ބެންއަކީ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯ ރުވާންޑާއަށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފަނޑިޔާރެވެ. އަދި ކުރީގެ ޔޫގޮސްލާވިޔާގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލްއަށް ވެސް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފަނޑިޔާރެވެ.

އެމާސަންގެ އިތުރުން ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އަމާލް ކްލޫނީއާއި، ޖަރެޑް ގެންސައެވެ.

އަމާލް ކްލޫނީއަކީ ހޮލީވުޑްގެ މަޝްހޫރު ބަތަލު ޖޯޖް ކްލޫނީގެ އަނބިކަނބަލުންނެވެ. އަމާލްއަކީ ގާނޫނީ ވަކީލެކެވެ. ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނުތަކުގެ މާހިރެކެވެ. އަމާލްވަނީ ދާދި ފަހުން ސީރިއާއަށް އދއިން ކަނޑައެޅި މަންދޫބު އަދި އދގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ކޯފީ އަނާންގެ އެޑްވައިޒަރެވެ. އޭގެ އިތުރުން ވެސް އަމާލްވަނީ ޔޫކްރެއިންގެ ކުރީގެ ބޮޑު ވަޒީރު ޔޫލިއާއާއި، އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ފަހުމީގެ ލޯޔަރުކަން ވެސް ކުރައްވާފައެވެ.

ޖަރެޑް ގެންސައަކީ ފްރީޑަމް ނައުގެ ފައުންޑަރެވެ. ޖަރެޑްވަނީ މީގެ ކުރިން ބަރުމާގެ އަންސަން ސޫކީ ފަދަ ބޭބޭފުޅުންނަށް ވެސް ވަކާލާތު ކުރައްވާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޔޫސުފު

ތީ ދެން އެންމެނައް ވެސް އެގޭ ކަމެއް.. އަންނި އައް އަދަބު ދީފާހުރީ ނުހައްގުން ކަން...

އަތި

އަބަދުވެސް އެދެނީ އިންސާފުވެރި ސަރީއަތްތައް މިރާއްޖޭގއި ހީންގާނޭ ދުވަހެއް.

ބެއްޔާ

މަޢުލޫމާތު ހާމަވަމުންދާނީ މަޑުމަޑުން! އަދި ރަޢީސް ޔާމީނުގެ ކަރަށް މަޅި ބާރުވަމުންވެސް ދާނީ މަޑުމަޑުން! ދެން އެހެންގޮސް އެންމެ ފަހުން ނޭވާ ނުލެވޭ ހިސާބަށްދާނީ! ކެތްކުރަންޏާ ޔާމީނުކެތްކުރަންވީ! އެންމެ ފަހުން ނުހުރެވެގެން ޖުޑިސަރީއަށް އަތްނުބާނާކަމަށްބުނީ މީހާ ރުޅިގަދަވާތަންވެސް އަދިފެންނަން ފަށާނެ! ކެތްކޮއްލާ! ކަންތައްތައް އޮތީ އަދި ކުރިޔަށް!

އަހުމަދު

ޢަސްލުމައުލޫމާތު ލިބޭނީކޯޓުން

އެޑް

ބޭނުންވި މައުލޫމާތެއް ނުލިބުން...