ސިނގިރޭޓުގެ އަގެއް ބޮޑެއް ނުކުރަން، ވިއްކަނީ ކުރިން ވެސް ވިއްކާ އަގުގައި: ރޫޓް
image
ރޫޓުން ސިނގިރޭޓް ވިއްކާ އަގު ބޮޑު ކޮށްފައި ނުވި ނަމަވެސް ބައެއް ވިޔަފާރިވެރިން ވަނީ ސިނގިރޭޓުގެ އަގު ބޮޑުކޮށްފަ--
އަޒްމޫން އަހުމަދު
1 ކޮމެންޓް
 

ސިނގިރޭޓުގެ އަގެއް ބޮޑެއް ނުކުރަން، ވިއްކަނީ ކުރިން ވެސް ވިއްކާ އަގުގައި: ރޫޓް

ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ބޮޑުކުރި ނަމަވެސް ސިނގިރޭޓް ވިއްކާ އަގު އަދި ބޮޑުކޮށްފައިނުވާނެ ކަމަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށް އޭގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރޫޓުން ބުނެފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރޫޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ޑިއުޓީގައި އެތެރެކޮށްފައި ހުރި ސިނގިރޭޓް އެކުންފުނީގެ ސްޓޮކްގައި އެބަހުރި ކަމަށެވެ. އެހެން ކަމުން އެކުންފުނިން ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ކެމަލް ބްރޭންޑުގެ ސިނގިރޭޓާއި މީވިއަސް ބްރޭންޑުގެ ސިނގިރޭޓު ރާއްޖެ އެތެރެކޮށް ހޯލް ސޭލްކޮށް ވިއްކަމުންދާ ރޫޓުން ބުނީ އަގުބޮޑު ކުރާނީ ދެން އެކުންފުނިން ގެންނަ ސްޓޮކަކުން ފެށިގެން ކަމަށެވެ.

ކުރިން ސިނގިރޭޓަކުން 90 ލާރި ޑިއުޓީގެ ގޮތުގައި ނަގަމުން އައި ނަމަވެސް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހާއެކު މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިނގިރޭޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ވަނީ ފަށާފައެވެ.

ރޫޓުން ސިނގިރޭޓް ވިއްކާ އަގު ބޮޑު ކޮށްފައި ނުވި ނަމަވެސް ވިޔަފާރިވެރިން ދަނީ ކުރިން ވިއްކި ވަރަށް ވުރެ އަގު ބޮޑުކޮށް ސިނގިރޭޓް ވިއްކަމުންނެވެ. އެގޮތުން ކުރިން ދެ ރުފިޔާއަށް ވިއްކަމުން ދިޔަ ސިނގިރޭޓް ބައެއް ފިހާރަތަކުން ތިން ރުފިޔާއަށް ވިއްކާ އިރު އަނެއްބައި ފިހާރަތަކުން ވިއްކަމުން ދަނީ 2.50 ރުފިޔާއަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޔަޒީދު

ރޫޓުން ދެން ކީއްވެގެންބާ ކޮންމެ މީހަކަށް ދުވާލަކަށް 1 ކާޓަން ވިއްކަނީ. . ދެން ޖެހެނީ ބާޒާރުން ނަގަން ނަގާއިރު އޮންނަނި އަގުބޮޑު ވެފަ. . ރައްޔިތުން ނުދާނެ 1 ސިނގެރޭޓް އަގުހެޔޮކޮން ގަންނަށޭ ކިޔާފަ ރޫޓަކަށް ، ދިވެހިންނަކީ އެއަށްވުރެން ކަންނެއްބައެއް. .2 ގަޑި އިރު ކިޔޫގަ ހުންނާކަށްވެސް ނުދާނެ. . ވިޔަފާރިވެސް މިހާރުކުރަން ޖެހެނީ ސަރުކާރަށް ދޭން