ކްރިކެޓް: ބިލަބޮން މައްޗަށް ނަވާރަ ލަނޑުން ޖަމާލުއްދީން ސްކޫލް ކުރިހޯދައިފި
image
މި މުބާރާތުގެ ތެރެއިން -- ފޮޓޯ: ފޭސްބުކް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ކްރިކެޓް: ބިލަބޮން މައްޗަށް ނަވާރަ ލަނޑުން ޖަމާލުއްދީން ސްކޫލް ކުރިހޯދައިފި

ކްރިކެޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ކްރިކެޓް ލީގުގެ ތެރެއިން މިއަދުވެސް ހަތަރު މެޗު ކުޅެވުނެވެ.
މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ބާރަ އަހަރުން ދަށުގެ އުމުރުފުރައިން ޖަމާލުއްދީން ސްކޫލާއި ބިލްބޮން އެވެ. މި މެޗު 19 ލަނޑުން ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލެވެ. އަށް އޯވަރުގެ ތެރޭގައި ބިލަބޮން ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 49 މެޗެވެ. ޖަވާބުގައި ކުޅެން އެރި ޖަމާލުއްދީން ސްކޫލްވަނީ އަށް އޯވަރުގެ ތެރޭގައި 68 ލަނޑު ހަދާފައެވެ.


ޖަމާލުއްދީން ސްކޫލާއި ބިލަބޮން ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ މެޗުގައި ބާރަ އަހަރުން ދަށުގެ އުމުރުފުރައިން މަޖީދިއްޔާ ސްކޫލާއި އިމާދުއްދީން ބައްދަލުކުރި އިރު، އިމާދުއްދީން ސްކޫލް ވަނީ އަށް ވިކެޓުން މެޗު ކާމިޔާބު ކޮށްފައެވެ. އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ބިލަބޮން 49 ލަނޑު ހެދި އިރު، ޖަވާބުގައި ކުޅެން އެރި އިމާދުއްދީން ދެކުޅުންތެރިން ނުބައިވެގެން 4.1 އޯވަރު ގައި 54 ލަނޑުހެދިއެވެ.


އިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ތިންވަނަ މެޗުގައި ސާދަ އަހަރުން ދަށުގެ އުމުރުފުރައިން ބައްދަލުކުރީ މުހިޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. މި މެޗު ހަ ވިކެޓުން ޖަމާލުއްދީން ކާމިޔާބު ކުރިއިރު، ދިހަ އޯވަރުގެ ތެރޭގައި މުހިއްޔިދީން ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 82 ލަނޑު ހަދާފައެވެ. ނަމަވެސް ޖަވާބުގައި ދިހަ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ޖަމާލުއްދީން ސްކޫލުން ވަނީ 83 ލަނޑު ހަދާ މެޗު ކާމިޔާބު ކޮށްފައެވެ.


މުހިޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ހަތަރުވަނަ މެޗުގައި މިއަދު ބައްދަލުކުރީ ގިޔާސުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލެވެ. މި މެޗު ހަތް ވިކެޓުން އިމާދުއްދީން ކާމިޔާބު ކުރިއިރު، ދިހަ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ގިޔާސުއްދީން ވަނީ 93 ލަނޑު ހަދާފައެވެ. ޖަވާބުގައި ކުޅެން އެރި އިމާދުއްދީން ވަނީ ދިހަ އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 94 ލަނޑު ހަދާފައިވެއެވެ.


އިމާދުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

މާދަމާ ހެނދުނު އަށެއް ޖަހާއިރު އެކްއެލް އެނާޖީ ލިމިޓެޑް އޯވަރު ކްރިކެޓް މުބާރާތުގެ މެޗެއް އެކުވެނި އެއް ނަންބަރު ދަނޑުގައި ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ސީބީއެލްއާއި އެމް އެސް އެކަޑަމީގެ ޓީމެވެ. މިމުބާރާތުގައި މާލޭ ސްޕޯރޓްސް ކުލަބް މިހާރުވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު