އެމްއެސް ސްޕޯޓްސް އެކަޑެމީގެ މައްޗަށް 45 ލަނޑުން ސީބީއެލް ކުރިހޯދައިފި
image
މި މެޗުގެ ތެރެއިން -- ފޮޓޯ: ފޭސްބުކް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އެމްއެސް ސްޕޯޓްސް އެކަޑެމީގެ މައްޗަށް 45 ލަނޑުން ސީބީއެލް ކުރިހޯދައިފި

ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސެލް އެނާޖީ ކްރިކެޓް މުބާރާތުގެ ފަސްވަނަ މެޗު އެމްއެސް ސްޕޯޓްސް އެކަޑެމީ އާ ބައްދަލުކޮށް 45 ލަނޑުން ސީބީއެލް ކާމިޔާބުކޮށްފިއެވެ.
ގުރުއަތުން ދިމާވެގެން ސީބީއެލް ސްޕޯޓްސް ކުލަބު ކުޅެން އަރާ 38.4 އޯވަރުގެ ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 213 ލަނޑު ހަދާފައެވެ. މި ބުރުގައި އެންމެ ރަނގަޅަށް ކުޅުނީ ސީބީއެލް އަށް 48 ލަނޑު ހަދައިދިން އިސްމާއިލް އަނީލް އާއި ސީބީއެލް އަށް 39 ލަނޑު ހަދާދިން ޓީމުގެ ކެޕްޓަން މުހައްމަދު ސައީދް އެވެ.

ޖަވާބުގައި އެމް އެސް ސްޕޯރޓްސް އެކަޑަމީ ކުޅެންއަރާ 40 އޯވަރުގެތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 168 ލަނޑުހެދިއެވެ. މި ބުރުގައި އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑުހެދި މުހަންމަދު މަފާޒާއި 40 ލަނޑުހެދި ސަކިންދަ އެވެ.

ސީބީއެލް އިން އިސްމާއިލް އަނިލް 2 ވިކެޓް، އަހުމަދު ސައީދު 1 ވިކެޓު އަދި އަހުމަދު ޔާސީން 1 ވިކެޓް ނެގިއެވެ.

އިއްޔެގެ މެޗުން ސީބީއެލް މޮޅުވުމުން އެ ޓީމު މިހާރުވަނީ މި މުބާރާތުގައި މާލޭ ސްޕޯޓްސް ކުލަބާ އެކީ ފައިނަލުން ޖާގަ ހޯދާފައެވެ. އެ މެޗު ކުޅެވޭނީ މިއަދު އެކުވެނި އެއް ނަންބަރު ދަނޑުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު