ބްލޫ ބެލް އައިސްކްރީމްއިން ބައްޔެއް ފެތުރޭތީ އެ ބްރޭންޑު ރާއްޖެ އެތެރެކުރިތޯ ބަލަނީ
image
ބްލޫ ބެލް އައިސްކްރީމް-- އެ ބާވަތުގެ އައިސްކްރީމް އެތެރެކޮށްފައިވޭތޯ ބަލަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުނޭ--
0 ކޮމެންޓް
 

ބްލޫ ބެލް އައިސްކްރީމްއިން ބައްޔެއް ފެތުރޭތީ އެ ބްރޭންޑު ރާއްޖެ އެތެރެކުރިތޯ ބަލަނީ

އެމެރިކާގެ ބްލޫ ބެލް ކްރީމެރީސްގެ އައިސްކްރީމުން ލިސްޓީރިއޯސިސް ބަލި ފެތުރެމުންދާތީ އެ ބާވަތުގެ އައިސްކްރީމް ރާއްޖެއަށް އެތެރެކޮށްފައިވޭތޯ ބަލަން ފަށައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ފުޑް އެލާޓެއްގައި ބުނެފައިވަނީ ލިސްޓީރިއޯސިސް ބަލި ފެތުރެމުންދާތީ އެކަން އެމެރިކާގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ދިރާސާކުރަމުންދާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުގައި މިބައްޔާއި ގުޅުުން ހުރިކަމަށް ބުނަނީ އެމެރިކާގެ ބްލޫ ބެލް ކްރީމެރީސްގެ އައިސްކްރީމާއި އެ ކުންފުނީގެ ގަނޑުކޮށްފައި ހުންނަ ކާބޯތަކެއްޗެވެ." ފުޑް އެލާޓްގައި ބުނެފައިވެއެވެ.

އެކުންފުނީގެ އުފެއްދުންތައް އެމެރިކާއާއި އެހެނިހެން ގައުމުތަކުގެ މާކެޓްތަކުން ނަގަން ފަށާފައިވާއިރު އޭގެ ތެރޭގައި އައިސްކްރީމާއި ގަނޑުކޮށްފައިވާ ޔޯގަޓާއި ޝަރުބަތާއި ގަނޑުކޮށްފައިވާ ސްނެކްސް ހިމެނެއެވެ.

އެމްއެފްޑީއޭއިން ބުނީ ލިސްޓީރިއޯސިސް ބަލީގެ ޖަރާސީމު ހުރި ތަކެތި ސީދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން، ބައިނަލް އަގުވާމީ ފުޑް އެލާޓް ނެޓްވާކް އިންފޮސާން އިން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ތަކެތި ނެގި ގައުމުތަކުގެ ތެރޭގައި އާންމުކޮށް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ގައުމުތައް ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ އެފަދަ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކި އެފަދަ ތަކެތި އެތެރެކޮށްފައިވޭތޯ ބަލަމުންދާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް އިމްޕޯޓްކުރެވޭ އެބާވަތުގެ ކާބޯތަކެއްޗަށް ހާއްސަ ސަމާލުކަމެއްދީގެން ބަލާ ފާސްކުރެވެމުންދާނެ ކަމަށެވެ.

އެފަދަ ކާބޯއެއްޗެއްހުރި ކަމުގެ މައުލޫމާތު ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެދިފަފައެވެ.

ލިސްޓީރިއޯސިސް ބައްޔަކީ މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށީ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު