މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ދެ ޒުވާނުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި
image
ނ. ހޮޅުދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި--ފޮޓޯ:ޕޮލިސް
1 ކޮމެންޓް
 

މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ދެ ޒުވާނުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި

ނ. ހޮޅުދޫގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި އެކު މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރު ކުރީ އިއްޔެ 06:45 ހާއިރު ހިންގި އޮޕަރޭޝަނުގައި އެމީހުން ދިރިއުޅެމުންދާ ގެއިންނެވެ.

ފުލުހުން ބުނީ، ކޯޓް އަމުރެއްގެ ދަށުން އެދެމީހުން ދިރިއުޅެމުންދާ ދެ ގެ ބަލައިފާސްކޮށް، އުމުރުން 23 އަހަރުގެ މީހާ ދިރިއުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތި ހުރި 24 ސެލޯފިންކޮޅާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ސެލޯފިންކޮޅުތަކެއް ފެނިފައިވާކަމަށެވެ. އަދި ހައްޔަރުކުރި އުމުރުން 21 އަހަރުގެ މީހާ ދިރިއުޅެމުންދާ ގޭގެ ގޯތި ތެރެއިން މަސްތުވާ އެއްޗެހިހުރި ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.

އެމައްސަލާގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި ހައްޔަރުކުރި އުމުރުން 21 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި މަރުގެ އިންޒާރުދީ ބިރުދެއްކުމުގެ މައްސަލަަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމައްސަލާގައި ހިމެނޭ އުމުރުން 21 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ޖަހައި އުމުރުން 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޟެހެނާޒު ޏ. ބޮޑުރާގެ

ތި ރެކޯޑު އޮންނަ މީހުން ޖަމީލު ގެ ފަރާތުން އުމަރު އާ އަވަހަށް ހަވާލު ކުރޭ..އެއިރުނ ްކޮށްމެދުވަހަޖު ޖަލެއް ..ދިދުމުއްދަތަކަށް ޖަލަށް.