ސަސްޕެންޑްކުރި ކައުންސިލަރަށް، އެމްޑީޕީ ނ. އަތޮޅު ކައުންސިލަރުން މުސާރަދެނީ
image
ނ. ހޮޅުދޫ ކައުންސިލް މެންބަރު ހުސައިން ހަސީބް -
ލަޒީނާ އަބްދުﷲ
9 ކޮމެންޓް
 

ސަސްޕެންޑްކުރި ކައުންސިލަރަށް، އެމްޑީޕީ ނ. އަތޮޅު ކައުންސިލަރުން މުސާރަދެނީ

މުސާރަޔާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑު ކޮށްފައިވާ ނ. ހޮޅުދޫ ކައުންސިލް މެންބަރު ހުސައިން ހަސީބަށް މުސާރައާއި އިނާޔަތްތައް ދިނުމަށް އެއަތޮޅުގައި ތިއްބެވި އެމްޑީޕީ ކައުންސިލަރުން ނިންމައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މޭޑޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ހަތް ކައުންސިލަރުން ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ވަނީ ނިންމާފައެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ނ. ކުޑަފަރީ ކައުންސިލްގެ ނައިބު ރައީސް ޖަޒްލާން އާދަމް ވިދާޅުވީ އެމްޑީޕީ ކައުންސިލަރުން ގުޅިގެން ހޮޅުދޫ ކައުންސިލް މެންބަރު ހުސައިން ހަސީބަށް މުސާރަ ދިނުމަށް ނިންމީ އޭނާ އެކަނި ދޫކޮށް ނުލުމުގެ ގޮތުން ކަމަށެވެ.

ޖަޒްލާން ވިދާޅުވީ އަތޮޅުގެ ހުރިހާ އެމްޑީޕީ ކައުންސިލަރުންނާއި ވާހަކަ ދެއްކުމުން އެއްބަސްވެވުނީ ހުރިހާއެންމެ ގުޅިގެން ޗަންދާ ނަގައިގެން މުސާރަދޭ ގޮތަށް ކަމަށެވެ.

"ގާނޫނާ ހިލާފަށް ހަސީބަށް ފިޔަވަޅު އެޅީތީ އޭގެ ބަދަލުގަ ހަސީބަށް އެހީތެރިވެދޭން މިނިންމީ. ދެ މަސްދުވަހަށް ސަސްޕެންޑް ވެގެންދާއިރު ކިހިނެއްތޯ ވަޒީފާއެއް ހޯދާނީ. މާދަމާ ނޭނގެ އަޅުގަނޑު ނޫން ކަމެއް ފިޔަވަޅު އަޅާނީ. އަޅުގަނޑުގެވެސް އާއިލާއަކާއި އަނބިދަރިން އެބަތިބި." ޖަޒްލާން ވިދާޅުވިއެވެ.

މި މަސް ނިމޭތަނުން ހަސީބަށް މުސާރަ ދޭން ނިންމާފައިވާއިރު، ޖަޒްލާން ވިދާޅުވީ އެހެން އަތޮޅުތަކުގެ ކައުންސިލަރުންވެސް މި ކަން ނަމޫނާ އަކަށް ބަލައި އެ ގޮތަށް ކަންތައް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހަސީބް ވިދާޅުވީ ގައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާކަމަށްބުނެ އޭނާއާއި މެދު ފިޔަވަޅު އަޅާފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

"7:45 ހާއިރު މިލިއަން ބުކް ޝޮޕް ކައިރީ ހުއްޓަ. އެހިސާބުން ހަޅޭލެވި ކަމަށް ބާލަފައޭ ކިޔާ ފުލުހުން ހައްޔަރު ކުރީ، ގައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވެޔޭ ކިޔާ ފިޔަވަޅު މިއެޅީ،" ހަސީބް ވިދާޅުވިއެވެ.

ހަތް ކައުންސިލަރުންނާއި މެދު އެލްޖީއޭއިން ފިޔަވަޅު އަޅާފައިވަނީ ކައުންސިލަރުން ޣައިރު ގާނޫނީ ބައްދަލުވުމެއްގައި ބައިވެރިވެފައިވާތީ، ކައުންސިލަރުންގެ ސްލޫކީ މިންގަނޑުތަކާއި ހިލާފްވީކަމަށް ބުނެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ސަންޕަ

ލާމަރުކަޒީ ގާނޫނުގަ އޮންނަނީ ކައުންސިލްތަކުން ސަރުކާރާގުޅިގެން ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރުމަށް އެކަމަކު ތިޔަ ކައުންސެލަރުން މަސައްކަތް ކުރަނީ އެގޮތަށްބާ!ތިޔަބައިގަޑަށް ހީވާކަހަލަ ތިމާމެން މީ ވަކި ސަރުކާރެކޭ؟

އަދުދަދު

އަދު އަދިވެސް ލިލީ ބީޗުގަ ފާޚާނާ ސާފުކުރަން، ރައްޔިތު ހަސީބު ހެސްކިޔާފަ ރައްޔިތު ޚިދުމަތުގައި ...ލޮލް
ނ އޮތޮޅު ކައުންސިލަރުން ތިޔަ ދެއްކެވީ ވަރަށް ރީތި ނަމޫނާއެއް. ސާބަސް.

MDP KUDAFARI

Jazu, we really proud of you
Keep up the good work

ސާފިޔަތު

ހޫނު ބޮނޑިބަތާއި ރާކަނިމަސް ވަރަށް މީރު ދޮތްތޯ!

އިބްރާހިމް ފުޅު

ކައުންސިލްތަކުގެ މެމްބަރުންނަކީ ރައްޔިތުނެގެ ވޯޓަކުން ޤާނޫނީ ހަމަތަކުގެ މަތީން ހޮވައިގެން ވަޒީފާގައި ތިބޭބައެއް. ލާމަރކަޒީ އުސާލުން އިދާރީ ދާއިރާތައް ހިންގާ ޤާނޫނުގައި އެބަ އޮތްތޯ ކައުންސިލަރަކަ ސަސްޕެންޑް ކުރެވޭނެއެއްވެސް ގޮތެއް . ޤާނޫނެއްގައި މަނާނުކުރާ ކޮންމެކަމެއް ކުރުމުގެ މިނވަންކަން ދިވެހިރައްޔިތުންނަށް ލިބެންވޭ ވީމާ ގާނޫނާ ޚިލާފަށް ބިރުދެއްކުމަކީ ޓެރަރިސްޓުންގެ އަމަލެއްކަމަށް ބެލެވެނ!

މައްތު33

ތީހަމަ ވަރަށް ރަނގަޅުފާލެއް ސުވާލަކީ ތިޔަ ބޭފުޅުން ހޮއްވަވާފައި ތިޔަ ތިއްބެވީ ތިޔަ ވިދާޅުވާ އެލްޖީއޭ އިންބާ އޭ...؟ ނޫން ހަމަ ނިކަމެތި ރައްޔިތުން ވޯޓްލައިގެން އަދި އެހެން ނޫނަސް ތިޔަ ކައުން ސިލަރުން ތިޔަނިންމެވި ނިންމެވުމަށް

ރާއްޖެތެރެމީހާ.

ބަދަލު ހިފުމުގެ ރޫޙުގައި ކުރާކައް ނުޖެހޭ. މާސިޔާސީ ވެގެން ތިއުޅެނީ.އެމްޑީޕީ

ޢާމިރު

ވަރަށް ރީތި މިސާލެއް ތިޔަ ދެއްކެވީ ހުރިހާ ކައުންސިލް ތަކުންވެސް ނަމޫނާއަކަށް ބަލަން ރަނގަޅު. ޕީ.ޕީ.އެމް ކައުންސިލަރުންވެސް މިކަމުގައި ބައިވެރިވުން ވަރަށް ރަނގަޅު. އެއްވެސް ކައުންސިލަރަަކަށް މިހާރު ގެރެންޓީ އެއް ނޯންނާނެ. ބަދަލު ހިފުމުގެ ރޫޙުގައި ތިބި ބަޔަކު ކޮންމެފަދަ ފިޔަވަޅެއްވެސް އަޅާފާނެ.

އަދު

މާސިޔާސީ ވެގެން ތިއުޅެނީ އަހަރެމެންނާ އެކު ލިލީ ބީޗުގަ އުޅުނުނަމަ.އަންނި މާބައިވަރު ދެނީދޯ.އުޑެއްބުޑެއް ނޭގޭ ހަސީބެއްމީ ލިލީގަ އުޅުނީ ފާޙާނާ ސާފުކުރަން.ވ ސަލާމް