މަގުމަތީ ބާޒާރުގެ ވިޔަފާރި ރަނގަޅެއް ނޫން: ބައެއް ވިޔަފާރިވެރިން
image
މިއަހަރުގެ މަގުމަތީ ބާޒާރުގެ ތެރެއިން--ފޮޓޯ:ސީއެންއެމް
6 ކޮމެންޓް
 

މަގުމަތީ ބާޒާރުގެ ވިޔަފާރި ރަނގަޅެއް ނޫން: ބައެއް ވިޔަފާރިވެރިން

ޒަމާނުންސުރެ ވެސް ދިވެހިން އަބަދުވެސް ރޯދަމަހަށް ތައްޔާރުވެއެވެ. އެއްބަޔަކު ގޭގަ ކުލަލާ އިރު އަނެއްބަޔަކު ބަދިގެ ސާމާނު އާކުރެއެވެ. އެކަމަށްޓަކައި ގިނަ ބަޔަކު އަބަދުވެސް ބަލަމުން ނުވަތަ އެކަމެއްގެ އިންތިޒާރުގައި ހުންނަ އެއްކަމަކީ މާލޭގައި ރޯދައާއި ދިމާކޮށް ބާއްވަމުން އަންނަ މަގުމަތީ ބާޒާރެވެ.
މަގުމަތީ ބާޒާރު އިންތިޒާމު ކުރާ ފަރާތް:

ގިނަ އަހަރުތަކެއް ވަންދެން ބާއްވަމުން އައި މަގުމަތީ ބާޒާރު ނުވަތަ ނައިޓް މާކެޓް ބޭއްވުމުގައި ބަދަލު ތަކެއް އައިސް އެކަން އިންތިޒާމު ކުރާ ފަރާތްތައްވެސް ބަދަލުވެގެން އައެއެވެ. ގިނަ ދުވަސް ތަކެއް ވަންދެން ވިޔަފާރިވެރިންގެ ޖަމުއިއްޔާއިން ބާއްވަމުން އައި މަގުމަތީ ބާޒާރު 20013 ވަނަ އަހަރާއި 2014 ވަނަ އަހަރު ބާއްވާފައިވަނީ ގޯ މީޑިއާ އިންނެވެ.

މިއަހަރުގެ މަގުމަތީ ބާޒާރު:

މިއަހަރުގެ މަގުމަތީ ބާޒާރު މިދިޔަ ހޯމަ ދުވަހު ފެށިފަހުން މިވަނީ ފަސް ދުވަސް ވެފައެވެ. މުޅިން އަލަށް 15 ދުވަހުގެ މުއްދަތަށް މަގުމަތީ ބާޒާރު ކުރިއަށް ގެންދާ ގޮތަށް ވިޔަފާރި ވެރިންނަށް ފުރުސަތު ދީފައި ވާއިރު މިއަހަރު މަގުމަތީ ބާޒާރުގައި 500 އަށް ވުރެ ގިނަ މޭޒު ބެހެއްޓިފައި ވެއެވެ. އަދި މޭޒެއް ވިއްކާފައި ވަނީ 3900 ރުފިއާއަށެވެ.

މިއަހަރުގެ ވިޔަފާރި:

އާންމު އުސޫލުން އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަގުމަތީ ބާޒާރުގައި ބަދިގޭ ސާމާނާއި، ގޭތެރެ ޒީނައްތެރި ކުރަން ބޭނުންކުރާ ސާމާނުގެ އިތުރުން ދެ ޖިންސުގެ މީހުންގެ އަންނައުނާއި ރީތިވާ ސާމާނު އަދި ފައިވާން ފަދަތަކެތި ގިނަ މޭޒުތަކުގައި ބަހައްޓާފައި ވެއެވެ. މީގެއިތުރުން ކުޑަކުދިންގެ އަންނައުނާއި ސްކޫލު ކުދިންގެ ކިޔެވުމަށް ބޭނުންވާ ފޮތްފަންސުރު ފަދަތަކެތިވެސް މިއަހަރުގެ ބާޒާރުން ލިބެން އެބަހުއްޓެވެ.ގިނަ ބަޔަކު ކޭސް ހުރިގޮތަށް ގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އޮމޯއާއި ސޮފްޓްނާއާއި އަތްދޮންނަން ބޭނުން ކުރާ ސާމާނާއި އެކި ކަހަލަ ސެންޓްގެ ބާއްވައްތައް މިއަހަރުވެސް ސްޓޯލް ތަކުގައި ލިބެން އެބަހުއްޓެވެ. އަންހެން ބޭފުޅުން ހެދުން ފަހާ ފޮތީގެ އިތުރަށް ބެޑްޝީޓް ފޮއްޗާއި ވަކިން ހަދާފައި ހުންނަ ބެޑްޝީޓްވެސް މިއަހަރުގެ ބާޒާރުން ފެނިގެން ދެއެވެ.މީގެއިތުރުން މަހާއި ދޫނިފަދަތަކެތި ގެންގުޅުމަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށް ބައެއް މޭޒުތަކުގައި އެބާވަތުގެ ތަކެތި ވިއްކަން ހުރިއިރު ގަސްކާނާގެ ބާވަތްތަކާއި ގަސް ވިއްކަން ހުރި މޭޒުތައްވެސް ފާހަގަކުރެވެއެވެ.ތަކެތީގެ އަގުތައް:

މީގެ ކުރިން މަގުމަތީ ބާޒާރަކީ އަގުގެ ގޮތުން ހެޔޮ ބޭނުންތެރި މުހިންމު ބާވަތްތަކެއް ލިބެމުންއައި ބާޒާރަކަށް ވެދާނެއެވެ. ނަމަވެސް މިހާރަކާށް އައިސް ގިނަ ބަޔަކު ބުނާ ގޮތުގައި މަގުމަތީ ބާޒާރުގެ އަގުތައް ކުރިއަށް ވުރެ ބޮޑެވެ.

މިއަހަރު މަގުމަތީ ބާޒާރަށް ބަލާއިރު ބަދިގޭގައި އަތްލާ ގެންގުޅޭ ސާމާނު އާންމު ފިހާރަތަކަށް ވުރެ ބައެއް ތަށިން 20، 30 އަގު ހެޔޮކަން ފާހަގަ ކުރެވުނެވެ. ހަމަ އެގޮތަށް 10 ޕެކެޓްގެ އޯމާ ކޭހެއް 225 އަށް ލިބެން ހުރި އިރު މާމާއާއި ސޮފްޓްނާ އެއްޗެހިވެސް ކުރީ އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް އަގު ހެޔޮކަން ފާހަގަ ކުރެވުނެވެ.

އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ހާއްސަ އަންނައުނު ވިއްކަމުން ދާ ފަރީދީމަގުގައި ހުންނަ "ރަންވޭ" ފިހާރައިން ބަހައްޓާފައި ހުރި މޭޒުން ބުނީ އަދި މިހާތަނަށް ވިޔަފާރި ރަނގަޅު ކަމަށެވެ. ބާޒާރުގައި 150-180 ދޭތެރޭގައި ވިއްކަން ހުރި ޓޮޕާއި ޓީޝާޓް އެމޭޒުން ވިއްކަމުން ދިޔައީ 80 ރުފިޔާއަށެވެ.އަންހެން ބޭފުޅުންގެ ބުރުގައާއި ފޮތި ވިއްކަމުން އައި މަޝްހޫރު ފިހާރައަކުން ބުނީ ފިހާރާގައި 120 ވިއްކަމުން އައި ސޯލް މަގުމަތީ ބާޒާރުގައި ވިއްކަމުން ދަނީ 70 ރުފިއާއަށް ކަމަށެވެ.

"އެންމެ ގިނައިން ވިކެނީ ޝޯލް، ފޮތި އެއްޗެހި ވެސް ވިކޭ" ވިޔަފާރި ވެރިއަކު ބުންޏެވެ.

ސްކޫލު ކުދިންނަށް ބޭނުންވާ ފޮތް ފަންސޫރުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރީގައި މަޝްހޫރު އަސްރަފީ ބުކް ސޮޕުންވެސް ސްޓޭޝަނަރީގެ ބާވައްތައް މަގުމަތީ ބާޒާރުގައި ވިއްކަމުން ދެއެވެ.

"ވަރަށް ބޮޑުތަން އަގު ހެޔޮކޮށް މި ވިއްކަނީ، އެންމެ ކުޑަ ކުދިންނަށް ބޭނުންވާނެ އެކި ވައްތަރުގެ ފޮތް ހުންނާނެ، އެކަމަކު ޕްރިންޓެޑް ފޮތެއް ނުހުންނާނެ" އަޝްރަފީ ބުކްޝޮޕްގެ ބޭފުޅަކު ވިދާޅުވިއެވެ.

ގަސް ވިއްކާ މީހަކު ބުނީ ފިހާރަތަކުގައި 300 ރުފިޔާއަށް ވިއްކަމުންދާ ގަސް މަގުމަތީ ބާޒާރުގައި 150 ވިއްކަމުންދާ ކަމަށާއި ވަރަށް ގިނަ ބަޔަކު ގަސް ގަންނަ މުންދާ ކަމަށެވެ.

ވިޔަފާރި ވެރިން ދެކޭ ގޮތް:

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި މިއަހަރުގެ މަގުމަތީ ބާޒާރުގައި ލިބެމުންދާ ތަރުހީބު މީގެކުރީ އަހަރުތަކާއި އަޅާބަލާއިރު ކުޑައެވެ.

ތިން މޭޒު ބަހައްޓާފައި ހުރި ވިޔަފާރި ވެރިއަކު ބުނީ މީގެ ކުރީ އަހަރު ތަކުގައި ރެއަކު 10،000- 15،000 ރުފިޔާ ލިބުނު އިރު މިއަހަރު އަދި މިހާތަނަށް ލިބެމުން އަންނަނީ ރެއަކު 4،000 ހާސް ރުފިޔާ ކަމަށެވެ.

އަޝްރަފީ ބުކް ޝޮޕްގެ މީހަކު ބުނީ ވިޔަފާރި ވަރަށް ދައްކަމަށާއި ރެއެއްގެ މައްޗަށް ލިބެނީ 1500-2،000 ރުފިޔާގެ އަދަދަކަށް ކަމަށެވެ.

"ހުރިހާ ބާވަތެއްވެސް ވިކެމުންދަނީ އެކަމަކު ވިކޭ އަދަދު މަދީ" އަސްރަފީ ބުކްޝޮޕްގެ މީހަކު ބުންޏެވެ.

މިއަހަރުގެ މަގުމަތީ ބާޒާރުގެ ވިޔަފާރި ދައްކަން ފާހަގަ ކުރަމުންދާއިރު، ބަދިގޭސާމާނާއި އަންނައުނު ބެންކޮކުން ގެނެސްގެން ވިއްކަމުން ދާ ފަރާތަކުން ބުނީ ދެމޭޒު ބަހައްޓާފައި ހުރި އިރު ރެއެއްގެ މައްޗަށް ޖެހެނީ 12،000-13،000 ކަމަށެވެ.

"ޖުމުލަކޮށް ދަށް، ހިއެއް ނުވެ މާބޮޑު ފައިދާއެއް ވާނެހެނެއް. މިބަލީ ހަރަދު ކަވާ ކުރެވޭނެ ކަމަށް ޕްރޮފިޓެއް ލިބުނަސް ލިބޭނީ 10 ނުވަތަ 20 އިންސަތަ ކަމަށް މިބަލަނީ" ގިނަ އަދަދަކަށް ބަދިގެ ސާމާނު ވިއްކަމުން ދާ ފަރާތަކުން ބުންޏެވެ.

ވިޔަފާރި ވެރިންގެ ޝަކުވާ:

އަސްރަފީ ބްކްސޮޕުން ބުނީ އެހެން އަހަރު ތަކަށް ވުރެ މިއަހަރު މަގުމަތީ ބާޒާރުގެ އިންތިޒާމުތައް ގޯސް ކަމަށާއި ވަދެ ނިކުމެ ހަދަންވެސް އުދަގޫ ކަމަށެވެ.

"މީގެ ކުރިން ފަސޭހައިން ވަދެ ނުކުމެވޭ. މިހާރު ހަތަރެއްގެ ފަހަކުން އެއްޗެއް ހިފައިގެން ދުއްވާ އެއްޗެއްގައި ނުއެއް ވަދެވޭ، ދުރުގައި ބާއްވާއިގެން ކޮނޑުގައި އެއްޗެހި އުފުލަން މިޖެހެނީ" އަސްރަފީ ބްކްޝޮޕްގެ މީހަކު ބުންޏެވެ.

ވިޔަފާރި ވެރިންގެ ޖަމުއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފު ވިދާޅުވީ، މަގުމަތީ ބާޒާރު ފެށުމަށްފަހު އެތަނުގެ އެތެރެއަށް ދުއްވާ އެއްޗެހި ނުވެއްދޭނެ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ މީހުންނަށް އުދަގޫވާނެތީ ކަމަށެވެ.

"ގަޑި ޖެހުމުގެ ކުރިން އެތާ އެތެރެއަށް އެއްޗެހި ވެއްދޭނެ، ނިންމާފައި އެތާ އެތެރޭގައިވެސް އެއްޗެހި ބެހެއްޓޭގޮތަށް ހަމަޖައްސާފަ ވާނީ" އާސިފު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުގެ ޝަކުވާއަކަށް ވެގެންދަނީ މިފަހަރު 15 ދުވަހަށް މަގުމަތީ ބާޒާރުގެ މުއްދަތު އިތުރުކޮށްފައި ވާތީއެވެ.

"އެހެން ހެދީމަ ފިހާރަތަކުގެ ވިޔަފާރި ވަރަށް ދައްވޭ، ހަމަ އެމީހުން މަގުމަތީ ބާޒާރަށް ވެސް މި ނެރެން ޖެހެނީ، 10 ދުވަހަށް ހެދިޔަސް 15 ދުވަހަށް ހެދިޔަސް ދިވެހިން ހަމަ ތިބޭނީ އެންމެ ފަހުވަގުތު އެއްޗެހި ގަންނަން. އެހެންވީމަ ދުވަސް އިތުރު ކުރުމުގެ ބޭނުމެއް ނެތް" ވިޔަފާރިވެރިއަކު ބުންޏެވެ.

އެކަމާއި ގުޅިގެން އާސިފު ވިދާޅުވީ، މީގެ ކުރިންވެސް އެކި ސަބަބުތަކާއި ހެދި 10 ދުވަހަށް ފެށޭއިރު ހަމަޖެއްސި ކަމުގައި ވީނަމަވެސް އެހެން ފަހަރު ތަކުގައި ވެސް 15 ދުވަސް ދެވޭ ކަމަށެވެ.

"މިއަހަރު ފެށުނު އިރު 15 ދުވަސް ދީފައި އެވަނީ އެމުއްދަތު އިތުރު ކުރަންޏާ ކުރެވޭނީ މީހުންގެ ރިކުއިސްޓް އަންނަ ވަރަށް ބަލާފަ" އާސިފު ވިދާޅުވިއެވެ.

މިއަހަރުގެ މަގުމަތީ ބާޒާރުވެސް "ފެން ބާޒާރަކަށް" ވެގެންދާއިރު އެކަމުގެ ދަތިކަން ހުރިހާ ފަރާތްތަކަކުން ވެސް ދަނީ ފާހަގަ ކުރަމުންނެވެ. އަދި ވިޔަފާރި ވެރިންގެ ޝަކުވާތައް ހުރިއިރު އާންމުގެ ޝަކުވާތައް ވެސް އެބަހުއްޓެވެ.

ވިޔަފާރި ވެރިންގެ އިތުރަށް އާސިފު ވިދާޅުވީ ވިއްސާރައާއި ގުޅިގެން ވިޔަފާރި ދައްވި ކަމަށާއި ނަމަވެސް ހަފްތާ ބަންދު ދެދުވަހު ވިޔަފާރި ތައް ރަނގަޅުވެގެން ދިޔަ ކަމަށެވެ.

ތަކެތީގެ އަގުބޮޑުކަމަށް ބުނެ ބައެއް ފަރާތް ތަކުން ޝަކުވާ ކުރަމުން ދެއެވެ.

"ވިޔަފާރި ވެރިން އެއްޗެހި މިވިއްކަނީ ބޭރުން އަގު ހެޔޮކޮށް ގެނެސް. ނަމަވެސް ގާތްގަނޑަކަށް ގިނަ އެއްޗެހި މިވިއްކަނީ ފިހާރަ ތަކާއި އެއް އަގުތަކެއްގައި" ތަކެތި ގަތުމަށް ގޮސްހުރި އާންމުންގެ މީހަކު ބުންޏެވެ.

ތަކެތީގެ އަގު ހެޔޮނުވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރާއިރު، އަނެއްބައި ފަރާތް ތަކުން ބުނީ ބައެއް ތަކެތީގެ އަގު ހެޔޮ ކަމަށެވެ. އެކަން އެހެން ހުރިނަމަވެސް މަގުމަތީ ބާޒާރަށްދާ ފަރާތްތަކުގެ އަދަދު މަދުނުވާކަމަށް ބައެއް މީހުން ބުންޏެވެ.ކުރިއެކޭ އެއްގޮތަށް މިއަހަރުގެ މަގުމަތީ ބާޒާރުވެސް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ހަކީމް

އޯގަނައިޒްކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގަވާއިދާ ހިލާފަށް ކަރަންޓު ފީ އޭ ކިޔާގެން 3000 ރ ނަގާ މައްސަލަ ބަލާ ދީބަލަ.

ވިޔަފާރިވެރިއެއް

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެއްވެސް ރޭވުންތެރިކަމެއްނެތް، މޭޒަށް ނަގާ 3900ރ ގެ އިތުރުން ބޭނުންކުރާ ކޮނމެ ކަރަންޓު ސޮކެޓަކަށް 3000ރ ދައްކަން ޖެހޭ ވާހަކަ އަންގަނީ މާރކެޓް ފެށެން އެއް ދުވަހަށް ވީމަ. ގެއެއްގެ ކަރަންޓު ބިލަށްވެސް މަހަކަށް ނާރާ ވަރު މީ. ގޯ މީޑިއާ އިން ޗާރޖުކުރަނީ 1000ރ . އަދި މޭޒު ނަގާއިރު އިނގޭ އިތުރަށް ފައިސާ ދައްކަން ޖެހޭ ޙާލަތުތައް.
މިފަހަރު ހިންގާ ޖަމިއްޔާއިން ހަމަ ގިނައިން ލާރިކާނެގޮތްތައް އަރި އަރިން ހޯދަނީ

އައްޔަ

ޖަމިއްޔާ އިން ބޮޑައް ބަލާފަ އޮތީ ޖަމްއިއްޔާ އަށް ފައިދާ ހުރި ގޮތަށް ބަލާފަ އެއީ 500 މޭޒައް ވުރެން ގިނައިން ދޫކޮށްފަ ވާއިރު މޭޒަކަށް އެބަ ނަގާ 3900 ނެގީމަ ޖުމް -/1950000 ރުފިޔާ އެންމެ ފަނަރަ ދުވަހަށް .މީ ތަންކޮޅެއް ބޮޑުވަރު .ޖަމްއިއްޔާ އިން ބަލާފަ އޮތީ ވިފާރި ވެރިންނައް ވުރެން ޖަމްއިއްޔާ އަށް ލިބޭ ފައިދާ އަށް ޑިމާންޑާ އެއްވަރައް އަގުވެސް

ދިލްޝާން

ރިޕޯޓް ކިިޔާލުމުން ވަރަށް ސާފުކޮށް އެނގިއްޖެ ނައްޓްމާކެޓް އިންތިޒާމް ކުރުމުގައި ވިޔަފާރިވެރިންގެ ހިޔާލު އެއްވެސް ގޮތަކަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގަބޫލު ނުކުރާކަން. މިކަން ވަރަށް ސާފު.

ލަޔާން

ކިހިނެއް ރަނަގަޅުވާނީ. ތިތާ އަގުހެވެއްނޫން އެކައްޗެއްވެސް ހަމަ ކަންމަތީ ފިހާރައިގަ ހުންނަ އަގަށް ހުންނަނީ. އަގު ހެޔޮވަނީ ދުވަސް ހަމަވާންކައިރި ވެފަ ހުންނަ ތަކެތި.

ނަަލަ

މަގުމަތީ ބާޒާރުގައި ވިއްކާ މާމާ ލެމަން ދޮންނަ ސާމާނު ވ.ވ.ވ.ވ. ފޭކު
ޗައިނާ އިން މެލަމައިްން ކުޑި އަޅާފަ ވ.އަގުހެޔޮ ކޮއް ކޮންޓެއިނަރ ތައްޔާރު ކުރަނީ
މީ ވ.ހިތާމަ ހުރި ކަމެއް