މޫސުން ގޯސްވުމުން ނައިޓްމާކެޓަށް އިތުރު ފަސް ދުވަސް
image
ނައިޓް މާކެޓަށް އިތުރު ފަސް ދުވަސްވަނީ އިތުރުކޮށްފައި---
0 ކޮމެންޓް
 

މޫސުން ގޯސްވުމުން ނައިޓްމާކެޓަށް އިތުރު ފަސް ދުވަސް

މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ނައިޓް މާކެޓުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފިއެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި މިމަހުގެ އަށެއްގައި ނިންމާލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނައިޓް މާކެޓުގެ މުއްދަތު މިމަހުގެ 13 އާއި ހަމައަށް އިތުރު ކުރީ ތަފާތު ސަބަބުތަކާ ހެދިއެވެ.

ނައިޓު މާކެޓުގެ މުއްދަތު އިތުރު ކުރުމައި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑު ރޭސް ވެސްވަނީ ފަސްކޮށްފައެވެ.

ނައިޓު މާކެޓު ފަށައިގެން ކުރިއަށްދާއިރު، މިދުވަސްވަރު މޫސުން ގޯސްވެ، ގިނަ ރޭރޭ ވާރޭ ވެހެއެވެ. އެކަމުގެ ސަބަބުން ނައިޓް މާކެޓަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.


ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު