މަގުމަތީ ބާޒާރަށް އިތުރު ކުރި ފަސް ރެއަށް ބޮޑުކޮށް ފީ ނަގާތީ ނުރުހުން ފާޅުކޮށްފި
image
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ކުރިމަތީގައި ވިޔަފާރިވެރިންތަކެއް ނުރުހުން ފާޅުކުރަނީ-- ފޮޓޯ: ސީއެންއެމް
2 ކޮމެންޓް
 

މަގުމަތީ ބާޒާރަށް އިތުރު ކުރި ފަސް ރެއަށް ބޮޑުކޮށް ފީ ނަގާތީ ނުރުހުން ފާޅުކޮށްފި

ނައިޓް މާކެޓަށް އިތުރު ކުރި ފަސް ރެއަށް ނަގާ ފީ ބޮޑު ކުރުމާއި ގުޅިގެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ކުރިމަތީގައި ވިޔަފާރިވެރިން ނުރުހުން ފާޅުކޮށްފިއެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން ނައިޓް މާކެޓްގައި ވިޔަފާރި ކުރަމުންދާ ފަރާތަކުން ބުނީ ނައިޓް މާކެޓްގެ 15 ރެއަށް ނަގަމުން އައި ރެއަކަށް 260 ރުފިޔާ ކަމަށާއި ނަމަވެސް އިތުރު ކުރި ފަސް ރެއަށް ރެއަކަށް 400 ރުފިޔާ ނަގަން ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނިންމާފައިވާ ކަމަށެވެ.

"އެއީ ކުރިން ނަގަމުން އައި ވަރަށް ވުރެ ދެގުނަ ބޮޑު އަދަަދެއް، ނައިޓް މާކެޓުގެ ވިޔަފާރި ކުރަން ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އެކުލަވާލާފައިވާ އުސޫލާއިވެސް ހިލާފަށް އެހާ ބޮޑު އަދަދެއް ނަގަން އެ ނިންމީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ގާތްގަނޑަކަށް 20 ވިޔަފާރިވެރިން އެ ސަރަހައްދުގައި ނުރުހުން ފާޅުކުރަމުންދާއިރު ފުލުހުން ދަނީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންނެވެެ. ނައިޓް މާކެޓަށް ފަސް ރޭ އިތުރު ކުރުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނިންމާފައިވަނީ މޫސުން ގޯސްވުމުގެ ސަަބަބުން ވިޔަފާރިއަށް ހުރަސް އެޅިފައިވާތީ ވިޔަފާރިވެރިންގެ އެދުމުގެ މަތިންނެވެ.

މިކަމާއި ގުޅިގެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މީގެކުރިން މަގުމަތީ ބާޒާރު ބާއްވަނީ 10 ދުވަހަށް ނަމަވެސް އެމުއްދަތު ހަމަވުމުގެ ކުރިން ފަސް ދުވަސް އިތުރުކޮށް، މަގުމަތީ ބާޒާރު 15 ދުވަހަށް ކުރިއަށް ގެންދެއެވެ. ނަމަވެސް މިފަހަރު މަގުމަތީ ބާޒާރު ފެށީވެސް 15 ދުވަހުގެ މުއްދަތާއެކުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އޭނަ

ތިޔަ ނައިޓް މާކެޓަކާހެދި ރޯޑް ރޭސްވެސް ކެންސަލްކުރީ... އާސިފް މީ ބްރޯގެ ބޯއީއެއް.

ތަންތަން

ކުރިން އިތުރަކަށް ފައިސާއެއް ނުނަގާ. މިފަހަރު ވިޔަފާރިވެރިން ބަހައްޓާފައި ޖަމިއްޔާއިން ވިޔަފާރިކުރާތަން މިފެންނަނީ.