Night Market nimi 2 dhuvas vee iruves gondeh ge gothuga
image
ނައިޓް މާކެޓް ބޭއްވި ސަރަހައްދު
އަހުމަދު ޒާހިދު
6 ކޮމެންޓް
 

ނައިޓް މާކެޓް ނިމުނުތާ ދެދުވަސްވީއިރު ރާޅުގަނޑު ސަރަހައްދު ގޮނޑެއްހެން!

ނައިޓް މާކެޓް ނިމި، ދެ ދުވަސް ވެގެން ދިޔައިރު ވެސް އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ނިންމައެއް ނުލެވުނެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި ނައިޓް މާކެޓްގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ވިއްސާރަވުމުގެ ސަބަބުން ނައިޓް މާކެޓު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އިންތިޒާމު ކުރި ނައިޓް މާކެޓް ނިމި، ދެ ދުވަސްވެގެން ދިޔައިރު ވެސް އެ ސަރަހައްދު އޮތީ ކުނި ގޮނޑެއްގެ ގޮތުގައެވެ.

ނައިޓް މާކެޓް ބޭއްވި ސަރަހައްދުގެ މަގުތައް އޮތީ ޕެލެޓްތަކާއި ކޮތަޅުތަކުން ފުރިފައެވެ. ކަރުދާސް ފޮށިތަކަށް ކުނި އެޅުމަށްފަހު ހުރީމަގުމަތީގައި ބަހައްޓާފައެވެ.

އެކަމާގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ގުޅުމުން ބުނީ "ދެ ދުވަސްފަހުން" ގުޅާލުމަށެވެ.

"އާސިފް ނެތުމުން މައުލޫމާތު ދެވެން ނެތް" ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުންޏެވެ.

އާސިފް ފޯނަށް ޖަވާބު ދެއްވާފައިނުވާތީ، އެކަމާގުޅޭ ގޮތުން އާސިފްގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އައްޔަ

މިސަރުކާރު އެއްވެސް މުއައްސަސާ އެއްގަ ނެތޭ ގައުމައް ލޯތްބެއް ހެޔޮހިތެއް އޮވެގެން އެމީހަކާ ހަވާލުކޮށްފަ އޮތް ވަޒީފާ އެންމެރަނގަޅު ގޮތުގަ އަދާ ކުރާ މީހެއް އެހެންވީމަ ތިގޮތަށް ކަންތައް ދިމާވަނީ ހުސް އަމިއްލަ އެދުމާއިގެން ތެޅިފޮޅޭ މީހުން.......
ވާނީވެސް އެހެންތާ ގަދަކަމުން ވެރިކަށް އަރައިގެން އުޅޭ އެބައުޅޭ މިބައުޅޭ ޒާތުމީހުން ހުސް ..މިމީހުން ެއެއްގޮތަކަށްވެސް ރައްޔިތަކާ ދޭތެރޭ ނުވިސްނާނެ ވިސްނޭނީ ކޮން ކަމެއް ކޮށްގެންތޯ ފައިސާކޮޅެއް އިތުރަށް ހޯދޭނީ .

ali

Meegekurin maaeyn kunikolheh dhekunintho

ތަކުރޭ

އާޞިފު ތިޔައީ ބޯދާނޫން ޒަމާނީ ތައުލީމު ލިބިފައިހުރި ވެރިއެއް! ތިޔަ ފެންނަނީ ވަރަށް އާ ކަންތައްތައް! އާޞިފު ޕެއިންޓް ބޮޑީ ޕެއިންޓް.

ދުންތަރި

ކަން ކުރެވޭ މީހުންގެ ފެންވަރު، ހުސް އަނގަ ތެޅުން ނޫން ކަމެއްނެތް

އާނަންތަ

ކުރިން ތިތަން އޮތީ ގޮނޑެއްގެ ގޮތުގައެއްނޫން. ތިތަނުގަ ގޮޅިތައް ކުއްޔަށް ހިފައިގެން ވިޔަފާރިކުރަން އުޅުނު މީހުންގެ ގޮތެއްފޮތެއް ނެތީމަ ކުނިތައް ބަހައްޓާފަ ދާންޖެހޭނީ. އެމީހުން ޖަހޭނެ އެބަޔަކު ތިބި ތަން ސާފުކުރަން. އެކަން ކުރިނަމަ ގޮނޑެއް ނޯންނާނެ. ކޮންމެ މީހަކުވެސް އަމިއްލައަށް އިޞްލާޙުވާންވީ. އޭރުން މުޅި ޤައުމު އޮންނާނީ އިޞްލާޙުވެފައި.

ކާފަ

ކޮބާތަ އެއްކަލަ މުއިއްޒް،