Bis keyhehge Agu 450 Rf Ah Dhahvejje
image
ބިސްތަކެއް--
0 ކޮމެންޓް
 

ބިސް ކޭހެއްގެ އަގު 450 ރުފިޔާ އަށް ދަށްވެއްޖެ

ރޯދަ މަސް ފެށެން ކުޑަތަންވެފައިވަނިކޮށް 1000 ރުފިޔާއަށް އަގު އުފުލުނު ބިސް ކޭހެއްގެ އަގު 450 ރުފިޔާ އަށް ދަށްވެއްޖެއެވެ.
ރޯދަ މަސް ފެށުމުގެ ކުރިން 270 ރުފިޔާއާއި 320 ރުފިޔާއާއި ދެމެދުގެ އަގުތަކަކަށް ވިއްކަމުން އައި ބިސް ކޭހުގެ އަގު ރޯދަ މަސް ފެށުމާއެކުހެން 1000 ރުފިޔާއަށް އުފުލިފައިވެއެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ބިހުގެ އަގުބޮޑުވާން ދިމާވި މައިގަނޑު އެއް ސަބަބަކީ އެސްޓީއޯ އިން 270 ރުފިޔާ އަށް ވިއްކާ ބިސްތައް ފީވެ ހަލާކުވެފައި ހުރުމެވެ. އަދި ބިސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

އެސްޓީއޯއިން ވިއްކި ބިސް ކޭސްތަކެއް ހަލާކުވެފައިވާ ކަމަށް ބުނެ ބަޔަކު ޝަކުވާ ކޮށްފައިވާއިރު އެސްޓީއޯ އިން މިހާރު ވަނީ ބިސް ހޯލްސޭލް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު