Bis Case vihkumah STO in genai control dhookohlaifi
image
ކުކުޅު ބިސް ކޭސް ވިއްކުމަށް އެސްޓީއޯ އިން ގެނައި ކޮންޓްރޯލް ވަނީ ދޫކޮށްލާފަ--
0 ކޮމެންޓް
 

އެސްޓީއޯއިން އަނެއްކާ ވެސް ބިސް ކޭސް ވިއްކަން ފަށައިފި

ބިސް ކޭސް ވިއްކުމަށް އެސްޓީއޯ އިން މީގެ ދެ ދުވަސްކުރިން ގެނައި ކޮންޓްރޯލް ދޫކޮށްލައިފިއެވެ.
އެސްޓީއޯ އިން ބިސް ކޭސް ވިއްކުން ވަގުތީ ގޮތުން ކޮންޓްރޯލް ކުރީ، އާ ސްޓޮކް އަންނާނެ ތާރީހު ޔަގީންވަންދެންނެވެ. ބިސް ކޭސް ނުވިއްކި ނަމަވެސް، އެސްޓީއޯ އިން ދިޔައީ ބިސް ޓްރޭ ވިއްކަމުންނެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ބިސް ކޭސް ވިއްކަމުންދާ ކަމަށެވެ.

އަލަށް ގެނެވޭ ސްޓޮކް ވެސް މިހާރު ވިއްކަމުންދާ އަގުގައި ވިއްކޭނެ ކަމަށް އާޝާން ވިދާޅުވިއެވެ.

ރޯދަ މަސް ފެށުނުއިރު ބިސް ކޭހެއްގެ އަގު ވަނީ 1000 ރުފިޔާއަށް އުފުލިފައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އެ އަގު 450 ރުފިޔާއަށް ދަށްވެފަ އެވެ. ނަމަވެސް ފަހުން އެސްޓީއޯއިން ބިސް ކޭހެއް 270 ރުފިޔާއަށް ވިއްކިއިރު، ވަކި ބިހެއް 1.50 ރުފިޔާ އަށް ވިއްކިއެވެ. އަދި މިހާރުވެސް ވިއްކަނީ އެ އަގުގަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު