Madhiri Aalaanuvaane Fadha Gothakah Site Thah Behettumah MACI In Govaalaifi
image
ކޮންސްޓަރަކްޝަން ސައިޓެއް--
0 ކޮމެންޓް
 

މަދިރި އާލާނުވާނެ ފަދަ ގޮތަކަށް ސައިޓުތައް ބެހެއްޓުމަށް މަސީ އިން ގޮވާލައިފި

ޑެންގޫ ފެތުރޭތީ މަދިރި އާލާނުވާނެ ފަދަ ގޮތަކަށް ކޮންސްޓްރަކްޝަން ސައިޓުތައް ބެހެއްޓުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ(މަސީ) އިން ގޮވާލައިފި އެވެ.
މަސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދުވަސްކޮޅު ޑެންގީ ހުން ފެތުރުން އާއްމުވަމުން ދިއުމާއެކު މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވެން ހުރި ކަންތައްތައް ކުރުމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އިލްތިމާސްކުރައްވާ ކަމަށެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ހިންގާ ސައިޓްތައް ސާފުކުރުމަށާއި، ފެންހަރުލާގޮތަށް ހަދާފައި ހުންނަތަންތަނުން ފެން ހުސްކޮށްފައި ބެހެއްޓުމަށާއި، ލިފްޓްވެލް ކަހަލަތަންތަނަށް ވެލިއަޅާފައި ބެހެއްޓުމަށާއި، ސްލެބްތަކަށް ފެން އަޅާއިރު ބޭސްލުމަށާއި، ބާލިދީ އާއި ވީލްބަރޯ ފަދަ ތަކެތި ފެންނޭޅޭހެން ބެހެއްޓުމަށާއި، ހަފްތާގެ ބަންދަށް މަސައްކަތް ނިންމާލާއިރު ސައިޓްތައް ސާފު ކުރުމުގެ ހާއްސަ މަސައްކަތެއް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ޑެންގޫ ހުން ޖެހިގެން މިހާތަނަށް 143 މީހަކު ފަރުވާ ހޯދާފައިވާއިރު އެ ހުމުގައި ތިން މީހަކު މަރުވެފައިވެއެވެ. ސަރުކާރުންވެސް ދަނީ ޑެންގޫ ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޑެންގޫ މަސީ
ހިޔާލު