Masthuva thakechai eku velidhoo in 2 meehaku hayaru koffi
image
ވެލިދޫއިން ހޯދައިފައިވާ ބަނގުރާ ފުޅިތައް--ފޮޓޯ:ޕޮލިސް
ފާތިމަތު ނިހާމާ
0 ކޮމެންޓް
 

މަސްތުވާތަކެއްޗާއި އެކު ވެލިދޫއިން ދެމީހަކު ހައްޔަރު ކޮށްފި

ނ. ވެލިދޫއިން ބަނގުރާ ފުޅިތަކަކާއި މަސްތުވާތަކެތި އަޅާފައި ހުރި ސެލޯފިން ކޮޅަކާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރާ ފުޅިތަކުގެ މައްސަލާގައި ހައްޔަރު ކުރި 36 އަހަރުގެ މީހާ އަތުން ފަސް ލީޓަރުގެ ހަތަރު ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެރޭ ހައްޔަރު ކުރި ދެވަނަ މީހާއަތުން މަސްތުވާތަކެތި އަޅާފައި ހުރި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށެވެ.

ބަނގުރާ ފުޅިތަކުގެ މައްސަލާގައި އެމީހާ ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އެ މީހާ ދިރިއުޅެމުން ދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމަށްފަހުގައި ކަމަށާއި އަދި މަސްތުވާތަކެތި އަޅާފައި ހުރި ސެލޯފިން ކޮޅު ހޯދީ އެރޭ 1:20 ހާއިރު ވެލިދޫ މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބަނގުރާފުޅިތައް ފެނުނު ގެ ބަަލައި ފާސްކުރިއިރު އެގެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ އާލަތްތަކެއް ފެނިފައިވާ ކަމަށެވެ.

މަސްތުވާ ތަކެތި އަޅާފައިވާ ސެލޯފިން ކޮޅު ފެނުނީ އެމީހާ ލައިގެން ހުރި ޖިންސްގެ ކަނާތް ފަރާތު ޖީބުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ ވެލިދޫގައި ހާއްސަ އޮޕްރޭޝަންތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ދަށުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ގާއިމުކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތައް އެއްގަމު އުޅަނދުތައް ބެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ޓްރެފިކް އޮޕަރޭޝަނެއް ވެސް ކުރިޔަށް ގެންދެއެވެ. އެ ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރަމުންދާ އުޅަނދުތައް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް ހުރި އެއްގަމު އުޅަނދުތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު