Cigarette Bo Meehun 'Moya' Vumuge Furusathu Bodu: Dhiraasaa
image
ޑޮކްޓަރުން ބުނާ ގޮތުގައި މިބަލި ޖެހިފައި ތިބޭ މީހުން ދިރިއުޅެނީ އެމީހުންގެ އަމިއްލަ ހިޔާލީ ދުނިޔެ އެއްގައި--
0 ކޮމެންޓް
 

ސިނގިރޭޓް ބޯ މީހުން 'މޮޔަ' ވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ސިނގިރޭޓް ބޯ މީހުންނަށް ސްކިޒޮފްރީނިއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެކަން ސީރިއަސްކޮށް ދިރާސާ ކުރަން ޖެހޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ލަންޑަންގެ ކިންގްސް ކޮލެޖުގައި 61 ދިރާސާ ހިންގުމަށޤ ފަހު ދިރާސާކުރި ޓީމުން ބުނީ ސިނގިިރޭޓުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ސިކުނޑިއަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އަދި ސިކުނޑި ހިނގާ ގޮތް ބަދަލުކޮށް ސްކިޒޮފްރީނިއާ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބުނެފައިވެއެވެ.

ސިނގިރޭޓުގެ ސަބަބުން ސައިކޯސިސް ޖެހޭ ކަމަށް ކުރިންވެސް ބެލެވިފައި އޮތްއިރު، ކުރިން ގަބޫލުކުރެވިފައި އޮތީ ސްކިޒޮފްރީނިއާ ބަލި ޖެހިފައި ތިބޭ މީހުން ސިނގިރޭޓް ބޮނީ ސެލްފް މެޑިކޭޝަނެއްގެ ގޮތުގައި ކަމަށެވެ.

ސިކުނޑީގެ ބައްޔެއް ކަމުގައިވާ ސްކިޒޮފްރީނިއާ އަކީ މީހާގެ ވިސްނުމާއި ޖަޒުބާާތުތަކާއި އަހުލާގަށް ބަދަލުގެންނަ ބައްޔަކެވެ. އަދި މިބަލި ޖެހިފައި ތިބޭ މީހުންނަށް އެހެން މީހުންނަށް ނީވޭ އަޑުތައް އިވި ހެލޫސިނޭޓްވެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިބަލި ޖެހިފައި ތިބޭ މީހުން ދިރިއުޅެނީ އެމީހުންގެ އަމިއްލަ ހިޔާލީ ދުނިޔެ އެއްގައެވެ.

ކިންގްސް ކޮލެޖުގެ ދިރާސާގައި ޖުމްލަ ސިނގިރޭޓް ބޯ 14555 މީހުންނާއި ސިނގިރޭޓް ނުބޯ 273162 މީހުން ބައިވެރިވެފައިވެެއެވެ. އެ ދިރާސާ ދައްކާ ގޮތުން 57 މީހުން ސައިކޯސިސްގެ ފުރަތަމަ ބްރޭކް ޑައުން އައުމުގެ ކުރިން ސިނގިރޭޓް ބޮއެވެ. އަދި ކޮންމެ ދުވަހަކު ސިނގިރޭޓް ބޯ މީހުންނަށް ސިނގިރޭޓް ނުބޯ މީހުންނާއި އަޅާބަލާއިރު ސްކިޒޮފްރީނިއާ ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑެވެ.

އެ ކޮލެޖުގެ ސައިކޮލަޖީ އަދި ނިއުރޯސައިންސް ޑިޕާޓްމެންޓޫގެ ޑރ. ޖޭމްސް ކެމާބް ވިދާޅުވެފައިވާ ގޮތުގައި ޓޮބާކޯގެ ސަބަބުން މީހާ މޮޔަވާކަމަށް މީގެ ކުރިން ވާހަކަތައް ދެކެވިފައި އޮތް ނަމަވެސް އެ ދިރާސާގެ ސަބަބުން އެ ވާހަކަތަަކަށް އިތުރު ބުރަދަނެއް ލިބިގެންދާ ކަަމަށެވެ.

އަދި މިއީ ޓޮބާކޯ އާއި ދޭތެރޭ މީހުންގެ ލޯ ހުޅުވައި ހަމަ ހަގީގަތުގައިވެސް މޮޔަވޭތޯ ކުރާ ސުވާލަށް ޖަވާބު ހޯދުމަށް އިތުރަށް ދިރާސާ ކުރަން ޖެހޭ ސަބަބެއް ކަމަަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ސިނގިރޭޓް ސިއްހަތު
ހިޔާލު