Minivan 50 Harakaiythakugai Ufedhey Kunithah Saafukurumah IlthimaasKoffi
image
މިނިވަން 50 ހަށް ތައްޔާރުވަނީ- ފޮޓޯ: ސީއެންއެމް
ލަޒީނާ އަބްދުﷲ
0 ކޮމެންޓް
 

މިނިވަން 50 ހަރަކާތްތަކުގައި އުފެދޭ ކުނިތައް ސާފުކުރުމަށް އިލްތިމާސް ކޮށްފި

މިނިވަން 50 ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އުފެދޭ ކުނިތައް ސާފުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިނިވަން 50 ގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އުފެދޭ ކުނި ވީހާވެސް މަދުކުރުމަށާއި އަދި ހަރަކާތްތައް ހިންގާތަންތަން އެ ހަރަކާތެއް ނިންމުމަށްފަހު ސާފުކުރުމަށް އެކަމެއް އިންތިޒާމް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އީޕީއޭ އިން ބުނީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތަކާއި މާލެތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"މިފަދަ ހަރަކާތްތަކަށް ތައްޔާރުވުމުގަޔާއި، ކުރިޔަށް ގެންދާއިރުގަޔާއި އަދި ނިމުމަށްފަހު ގިނަ އަދަދެއްގެ ކުނި އުފެދިގެންދާނެ ކަމަށް ލަފާ ކުރެވެއެވެ،" އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭ އިން ބުނީ ހާއްސަކޮށް މީހުން އެއްވެގެން ހިންގާ ހަރަކާތްތަކުގައި މަގުމައްޗަށާއި އެފަދަ ހަރަކާތްތައް ތަންތަނަށް ކުނި އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން އުފެދޭ ކުނިތައް ސާފު ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

މިނިވަން 50 ހާއި ގުޅިގެން މާލެ ތެރެ ޒީނަތްތެރިކުރުމަށް ބޮކިފަތި ދެމުމާއި ދިދަފަތި ދެމުން ފަދަ ކަންތައް އަންނަނީ ކުރަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު