Mashhooru cricket coach Faaiz ah heart attack eh jehi ICU gai faruvaa dheyn fashaifi
image
މުހައްމަދު ފާއިޒް ސަމަދު -- ފޮޓޯ: ފޭސްބުކް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މަޝްހޫރު ކްރިކެޓް ކޯޗު ފާއިޒް އަށް ހާޓްއެޓޭކެއް ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި

ރާއްޖޭގެ ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ކްރިކެޓް ކޯޗު މުހައްމަދު ފާއިޒް ސަމަދަށް ހާޓްއެޓޭކެއް ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެނގިފައިވާގޮތުގައި ފާއިޒް އަށް ހާޓްއެޓޭކެއް ޖެހިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރެއްވި ފާއިޒް ވަނީ 1976 ވަނަ އަހަރުން ސުރެ ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރާއްޖޭގެ ގައުމީ ޓީމަށް ކުޅުއްވި ފާއިޒް ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް 1970 އާއި 1980 ގެ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

ކްރިކެޓު މެޗެއްގައި އެއްފަހަރު 200 އަށްވުރެ ގިނަ ލަނޑު ހަދާފައިވާ ފާއިޒަކީ މެދުކެނޑުމެއް ނެތި ކްރިކެޓަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ ބޭފުޅަކަށްވާތީ ރާއްޖޭގެ ކްރިކެޓް ބޯޑުން ވަނީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން 2002 ވަނަ އަހަރު ހަނދާނީ ފިލައެއް އަރުވާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު