Moosun goas vumuge sababun tennis match thah faskohfi
image
އެމްއޯސީ ފޮޓޯ: ޝިމާޒް އަލީ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މޫސުން ގޯސްވުމުގެ ސަބަބުން ޓެނިސް މެޗުތައް ފަސްކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ރިއޫނިއަންގެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ޓެނިސް މެޗުތައް މާދަމާ އަށް ފަސްކޮށްފިއެވެ.
އެއާއެކު މިރޭ ކުޅެން ހަމަޖެހިފައިވާ ޓީމް އިވެންޓް ސިންގަލްސް މެޗާއި ޓީމް އިވެންޓުގެ މިކްސް ޑަބަލްސް މެޗާއި އަންހެން ސިންގަލްސް އަދި ޑަބަލްސް މެޗުތައް ވަނީ މާދަމާ އަށް ފަސްކޮށްފައެވެ.

ޓީމް އިވެންޓުގެ ސިންގަލްސް އަންހެން މެޗުގައި ބައްދަލުކުރަން ހަމެޖެހިފައިވަނީ ރާއްޖޭގެ އަޔާނީ އާއި މަޑަގަސްކަރަ ތަމްސީލްކުރާ ކުޅުންތެރިއެކެވެ.

ޓީމު އިވެންޓް ޑަބަލްސްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ މަޑަގަސްކަރަ ޓީމުގެ ޕެއާ އާ ދެކޮޅަށް އިރުފާ އާއި ރަބީއުގެ ޕެއާ އެވެ. އަދި އިންޑިވިޖުއަލް ޓީމް އިވެންޓުގައި އަންހެން ބައިގައި ވާދަކުރަން ހަމަޖެހިފައިވަނީ އިރުފާ އާއި އަޔާނީގެ ޕެއާ އެވެ.

މިއަދުގެ މެޗުތައް މެދުކަނޑާލާފައިވާއިރު، މެޗުތައް މެދުކަނޑާލުމުގެ ކުރިން ކުޅުނު ސިންގަލްސް މެޗުތަކުން ގައުމީ ޓެނިސް ޓީމް ވަނީ ބަލިވެފައެވެ. އެގޮތުން ފިރިހެން ސިންގަލްސްގައި މަޑަގަސްކަރަ ކުޅުންތެރިއަކާ ވާދަކޮށް ރާއްޖޭގެ އަބްދުލް ފާއިހް ފަޒްލީ ވަނީ 6-0 އަދި 6-1 އަކުން ބަލިވެފައެވެ.

ފިރިހެން ސިންގަލްސްގެ ދެވަނަ މެޗުގައި ރަބީއު މުހައްމަދު މިއަދު ބަލިވެފައިވަނީ މަޔޯޓޭގެ ކުޅުންތެރިއެއްގެ އަތުން 0-6 އަދި 1-6 އަކުންނެވެ. އަންހެން ސިންގަލްސްގައި އަޔާނީ މޫސާ ކަލީމް ބަލިވެފައިވަނީ މޮރިޝަސްގެ ކުޅުންތެރިއަކާ ވާދަކޮށް 6-0 އަދި 6-0 އަކުންނެވެ. ޓީމު އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖެ ނުކުންނާނީ މަޑަގަސްކަރަ އާ ދެކޮޅަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު