3000 Photo aa eku Raajje ge thaareehu dhahkuvaidhey photo maurazeh hulhuvaifi
image
ފޮޓޯ މައުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ--
0 ކޮމެންޓް
 

3000 ފޮޓޯއާއެކު ރާއްޖޭގެ ތާރީހު ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހުޅުވައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަމާއި ކުރީގެ ފޮޓޯތައް ދައްކުވައިދޭ 3000 ފޮޓޯ ހިމެނޭ ފޮޓޯ މައުރަޒެއް ހުޅުވައިފިއެވެ.
ފޮޓޯ މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ނެޝަނަލް އާޓް ގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.

އެ މައުރަޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ހިންގާ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ކެންގަރޫ ކިޑްސް ސްކޫލްގެ ފަރާތުން ހުޅުވި މައުރަޒެކެވެ.

ރާއްޖޭގެ ކުރީގެ މިސްކިތްތަކާއި ޒިޔާރަތްތަކާއި ހުޅުލޭގެ އިހުގެ ފޮޓޯތަކާއި، މާލޭގެ ކުރީގެ ބައެއް ފޮޓޯތަކާއި، ފަތުރުވެރިކަމުގެ ފޮޓޯތަކާއި، ނޫސްމަޖައްލާގެ ބައެއް ލިޔުންތަކާއި، ކަނޑުދަތުރުތަކަށް ބޭނުންކުރާ އުޅަނދުފަހަރުގެ ފޮޓޯ ހިމެނޭ މައުރަޒު މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ފޮޓޯ މައުރަޒު ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 9:00 އަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު