Inter Office Billiard mubaaraay fashaifi
image
މި މުބާރާތުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިސއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ފެށި މި މުބާރާތުގައި ޖުމްލަ 18 މެޗެއް ވަނީ ކުޅެފައެވެ. ރޭ ކުރިއަށް ގެންގޮސްފައިވަނީ ސިންގަލްސް އިވެންޓުތަކުގެ މެޗުތަކެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ބައިވެރި 10 އޮފީސް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ޖުމްލަ ފަސް ޓީމް ހިމެނޭއިރު، ފުރަތަމަ ގްރޫޕުގައި ހިމެނެނީ ސްޓެލްކޯ އާއި ޓީއެމްއޭ އާއި ރައީސް އޮފީސް ޓީމުގެ އިތުރުން އެމްޕީއެލް އަދި އެމްއެންޑީއެފް އެވެ.

ގްރޫޕު ބީގައި ހިމެނެނީ ޕީއެސްއެމް އާއި އިމިގްރޭޝަނާއި އެމްޑަބްލިޔުއެސްސީގެ އިތުރުން ދިރާގު އަދި ކަސްޓަމްސް ޓީމެވެ.

މި މުބާރާތުގައި ވާދަކުރާ އެމްއެންޑީއެފް ޓީމުގެ އަހްމަދު ޝުޖާއު އަތުން 4-0 ފްރޭމުން އެމްޕީއެލް ޓީމުގެ އަބްދުﷲ އަފީފް ރޭ މޮޅެއް ހޯދިއިރު، ޓީއެމްއޭގެ އަބްދުލް ސަލާމް އަތުން އެމްޑަބްލިޔުއެސްސީގެ ގިޔާސް އަފްރާހް ވަނީ 4-0 ފްރޭމުން މޮޅެއް ހޯދާފައެވެ.

އިމިގްރޭޝަނުގެ އަހްމަދު ވާސިފް އާ ވާދަކޮށް ޓީއެމްއޭގެ އިސްމާއިލް ޝިޔާމް ރޭ 3-4 ފްރޭމް އިން މޮޅެއް ހޯދިއިރު އެމްޑަބްލިޔުއެސްސީގެ އިބްރާހިމް ވަހީދު އަތުން އެމްޕީއެލްގެ މޫސާ ސާމިއު ވަނީ ހަތަރު ފްރޭމުން މޮޅުވެފައެވެ.

އެމްޑަބްލިޔުއެސްސީގެ އާސިފް މުހައްމަދާ ވާދަކޮށް 2-4 ފްރޭމުން އާދަމް މަހުދީ މޮޅެއް ހޯދިއިރު އިމިގްރޭޝަން ޓީމުގެ އަހްމަދު އާމިރު އަތުން ދިރާގު ޓީމުގެ އަހްމަދު ފިރާޒް ވަނީ 3-4 ފްރޭމުން މޮޅުވެފައެވެ. އަދި އިމިގްރޭޝަނުގެ މުހައްމަދު ޒަކީ އަތުން 4-0 ފްރޭމުން އެމްޕީއެލްގެ ސާލިމް އަދުނާން މޮޅެއް ހޯދިއިރު، ސީއާރްސީގެ ހަސަން ޒިޔާއު އަތުން އެމްއެންޑީއެފްގެ ޞައްފާން ޝާކިރު ވަނީ 4-0 ފްރޭމުން މޮޅެއް ހޯދާފައެވެ.


މި މުބާރާތުގެ ތެރެއިން -- އެމްޕީބީއޭ

އިމިގްރޭޝަނުގެ މުހައްމަދު ޝިފާއު އަތުން 4-3 ފްރޭމުން އެމްޕީއެލްގެ އައުޒަމް މުހައްމަދު މޮޅެއް ހޯދިއިރު، ޕީއެސްއެމްގެ އަހްމަދު މުއިއްޒު އަތުން ސީއާރްސީގެ ޔޫސުފް ޒުބޭރު ވަނީ 1-4 ފްރޭމުން މޮޅެއް ހޯދާފައެވެ. އަދި ރައީސް އޮފީހުގެ މުހައްމަދު ޝަރީފް އަތުން 4-0 ފްރޭމުން ސްޓެލްކޯގެ އަހްމަދު ރަޒްމީ މޮޅެއް ހޯދިއިރު އެމްޑަބްލިޔުއެސްސީގެ އަހްމަދު ޒާއިރު އަތުން ސްޓެލްކޯގެ އަހްމަދު ރަޝީދު ވަނީ 4 ފްރޭމުން މޮޅެއް ހޯދާފައެވެ.

މުބާރާތުގައި ރޭ ދިރާގު ޓީމުގެ ހަސަން އާމިރު އަތުން 3-4 ފްރޭމުން އެމްއެންޑީއެފްގެ މުހައްމަދު ފަރީމް މޮޅެއް ހޯދިއިރު އައިއެމްއެމްޖީގެ އަލީ ނަވާއު އަތުން ޓީއެމްއޭގެ މަނީޝް މިޝްރާ ވަނީ 1-4 ފްރޭމުން މޮޅެއް ހޯދާފައެވެ. އަދި ސްޓެލްކޯގެ މުހައްމަދު އަރުޝަދު އަތުން އެމްއެންޑީއެފްގެ އިބްރާހިމް ރަޝީދު ވަނީ 1-4 ފްރޭމުން މޮޅުވެފައެވެ.

ސްޓެލްކޯގެ މޫސާ ޖަމީލް އަތުން ހަތަރު ފްރޭމުން ދިރާގުގެ އަޝްހަރު ތައުފީގް މޮޅެއް ހޯދިއިރު އެމްޑަބްލިޔުއެސްސީގެ އަބްދުﷲ މުހައްމަދު އަތުން ޕީއެސްއެމްގެ އަލީ ޝަފާއު ވަނީ 3-4 ފްރޭމުން މޮޅުވެފައެވެ. އަދި ސްޓެލްކޯގެ ހަސަން ޒަނީން އަތުން ސީއާރްސީގެ ހާމިދު ފައިސަލް ވަނީ 1-4 ފްރޭމުން މޮޅުވެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިލިއާޑް ޕޫލް
ހިޔާލު