Singles event ge final in Giyas adhi Ramzee jaaga eh hoadhaifi
image
މުބާރާތުގެ ސެމީ ފައިނަލުގައި ގިޔާސް އަފްރާހް -- ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ސިންގަލްސް އިވެންޓުގެ ފައިނަލުން ގިޔާސް އަދި ރަމްޒީ ޖާގައެއް ހޯދައިފި

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލަށް އެމްޑަބްލިޔުއެސްސީގެ ގިޔާސް އަފްރާހް އާއި ސްޓެލްކޯގެ އަހްމަދު ރަމްޒީ ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން ގިޔާސް ޖާގައެއް ހޯދީ ރޭ އެމްޕީބީއޭ ކްލަބު ހައުސްގައި ކުޅުނު ސެމީ ފައިނަލް މެޗުން ޓީއެމްއޭގެ ހަސަން ރާޖޭޝްގެ މައްޗަށް 5-3 ފްރޭމުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލަށް ރަމްޒީ ދަތުރުކުރީ ސެމީ ފައިނަލުގައި ކަސްޓަމްސްގެ އިސްމާއިލް ޝަރީފްގެ މައްޗަށް 5-2 ފްރޭމުން ކުރިހޯދައިގެންނެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އަދި ޓީމް އިވެންޓުތަކުގެ މެޗުތަކެވެ. ސިންގަލްސް އިވެންޓުގައި ޖުމްލަ 50 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު