Gadharu libifaivaa baeh faraaithah ves blackmail kohfaivey: Fuluhun
image
ފުލުހުންގެ މައި އިދާރާ--ފޮޓޯ ސީއެންއެމް
2 ކޮމެންޓް
 

ގަދަރު ލިބިފައިވާ ބައެއް ފަރާތްތައްވެސް ބްލެކްމެއިލްކޮށްފައިވޭ: ފުލުހުން

ކަމުވޮށިގެންވާ އަދި ގަދަރު ލިބިފައިވާ ބައެއް ފަރާތްތައްވެސް ބްލެކްމެއިލްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް، މީހުންގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑްގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެކި އުމުރުގެ ދެ ޖިންސުގެ މީހުން ޝާމިލްވާކަމަށެވެ.

އެގޮތުން އެކިއެކި މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާއި ސްކޫލުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި، އެކި ފަންނުތަކުގައި ފާހަގަކުރެވޭ މީހުންނާއި ގުޅުންހުރި މައްސަލަތައް ހުށައެޅެމުންދާ ކަމަށް ހަމްދޫން ވިދާޅުވިއެވެ.

ބްލެކްމެއިލް ކުރުމުގެ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެކަން ލަސްނުކޮށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑަށް ހުށަހެޅުއްވުމަށް ހަމްދޫން އެދިވަޑައިގަތެވެ.

މިފަދަ މައްސަލަތައް ސިއްރުވެރިކަމާ ރައްކާތެރިކަމާއެކު ބަލައިދީ، މިފަދަ ނުރައްކަލުން އެރައްޔިތަކު ސަލާމަތްކޮށްދޭން ފުލުހުން މަސައްކަތްކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ހަމްދޫން ވިދާޅުވިއެވެ.

ބްލެކްމެއިލް ކުރުން އިތުރުވަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، ދާދިފަހުން ލ. ގަމުގައި ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ހައްޔަރުކުރެވުނު އަންހެންމީހާގެ އަތުގައި އެރަށު ބައެއް ފިރިހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ހުރި ކަމަށާއި އަދި އެ އަންހެންމީހާ އެމީހުން ބްލެކްމެއިލް ކޮށްފައިވާ ކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.

އޭގެ އިތުރުން 2011 ވަނަ އަހަރުގެ ވެބްކެމް ބޭނުންކޮށްގެން ބަހަރަނާ މަންޒަރު ރެކޯޑްކޮށް، ބްލެކްމެއިލްކޮށްފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ތައުފީގު

ހެހެހެހެހެ!! މޮޅު ވާހަކައެއް ބުނެލީދޯ!! މިވާހަކަ ބުނަންތަ މިހާދުވަސް މިނެގީ .. ކޮބައިހޭ ރިލުވާން؟؟ ކޮބައިހޭ ހުޅުމާލޭގައި އަންހެންކުއްޖަކު ރޭޕްކޮށްފައި ފިލި ބިދޭސީ ކަލޭގެ .. މިކަމަށް ޖަވާބެއް ދީބަލަ !!

އެދުރުބެ

ހިއްސުތައް ހައްދުން ނައްޓުވާ އަމިއްލަ އަށް ބަރަހަނާވީމާ ދެން ހުރިހާ ކަމެއްވެސް ވާނެ. އިސްލާމް ދީނުގައި ހަވާނަފްސް ކޮންޓްރޯލްކުރުމަށް އިލާހީ ހުކުމްތަކެއް އެކަށއަޅުއްވާފައިވޭ...އެއިން ބޭރުވީމާއި ހައްދުން ނައްޓާނެ.