Kuda kujjakah goanaa kuri Bangladesh ge cricket kulhun theri eh hoadhany
image
ޝަހާދަތު ހުސޭން---
0 ކޮމެންޓް
 

ކުޑަކުއްޖަކަށް ގޯނާ ކުރި ބަންގްލަދޭޝްގެ ކްރިކެޓް ކުޅުންތެރިއެއް ހޯދަނީ

ބަންގްލަދޭޝްގެ ކްރިކެޓް ކުޅުންތެރިޔާ ޝަހާދަތު ހުސޭން އާއި އޭނާގެ އަންހެނުން ގޭގައި މަސައްކަތް ކުރުމަށް ގެންގުޅޭ 11 އަހަރުގެ އަންހެން ކުއްޖަކަށް ގޯނާކުރި ކަމުގެ ތުހުމަތުގައި އެދެމަފިރިން ހޯދަން ފަށައިފިއެވެ.
އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ ޒަހަމްތަކާއެކު މަގުމަތިން ފެނުމާއެކު އެކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ 19 އަހަރުގެ ޝަހާދަތު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޝަހާދަތު އަކީ އިނގިރޭސިވިލާތާ ދެކޮޅަށް 2010 ވަނަ އަހަރު ކުޅުނު މެޗެއްގައި އެގައުމާ ދެކޮޅަށް 5 ވިކެޓް ނެގުމާއެކު ލޯޑްސް އޮނާޒް ބޯޑަށް ނަން އެރި ބަންގްލަދޭޝްގެ ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާއެވެ.

އޭނާ މިހާތަނަށް ވަނީ 38 ޓެސްޓް މެޗު ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ މޭ މަހު ޕާކިސްތާނާ ދެކޮޅަށެވެ.

އެ މެދުގައި ކަނާތު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަ މަހަށް ކުޅުމާ ދުރަށް ދިޔުމަށް ޝަހާދަތަށް ވަނީ މެޑިކަލް ޓީމުން އަންގާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު