9 Ball World Championship gai vaadhakurumah Shareef aai Shafraz Qatar ah furaifi
image
ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޝަރީފް އާއި ޝަފްރާޒް ގަތަރަށް

ގަތަރުގައި މި މަހުގެ އަށަކުން 18 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ބިލިއާޑް ޓީމުގެ ދެ ކުޅުންތެރިން ކަމުގައިވާ މުހައްމަދު ޝަރީފް އާއި ހަސަން ޝަފްރާޒް ގަތަރަށް ފުރައިފިއެވެ.
މި މުބާރާތައް ތައްޔާރުވުމައްޓަކައި ޝަރީފް އާއި ޝަފްރާޒް ވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބިލިއާޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ޝަރީފް އާއި ޝަފްރާޒްގެ އިތުރުން ގައުމީ ބިލިއާޑް ޓީމު ކުރާ ދަތުރުގައި ބައިވެރިވެފައިވަނީ ޓީމުގެ މެނޭޖަރު އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ވައިސް ޗެއާމަން މުހައްމަދު ނިހާޒް އެވެ.

ގަތަރުގައި މިހާރު ކުރިއަށް ދާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސްޓޭޖު ދެއެއްގައި ޖުމްލަ 116 ކުޅުންތެރިން ވާދަކުރާނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިލިއާޑް ޕޫލް
ހިޔާލު