Federer balikurumah fahu Djokovic US Open kaamiyaabu kohfi
image
މުބާރާތް ކާމިޔާބުކުރުމަށް ފަހު ޖޮކިވިޗް އުފާފާޅުކުރަނީ -- ފޮޓޯ: ރިއުޓާސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ފެޑަރާ ބަލިކުރުމަށް ފަހު ޖޮކޮވިޗް ޔޫއެސް އޮޕަން ކާމިޔާބުކޮށްފި

ސްވިޒަލެންޑުގެ ޓެނިސް ކުޅުންތެރިއާ ރޯޖާ ފެޑަރާ ބަލިކުރުމަށް ފަހު ސާބިއާގެ ނޯވަކް ޖޮކޮވިޗް ޔޫއެސް އޮޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފިއެވެ.
ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާގެ މަގާމުގައި ހުރި ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ފައިނަލް މެޗުގެ ސެޓުތައް ގެންގޮސްގެނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. އެކަމަކު ފޯރިގަދަ ކުޅުމަކަށް ފަހު ފެޑަރާ ވަނީ 7-5 އަކުން ދެވަނަ ސެޓު ގެންގޮސްފައެވެ. ޖެހިގެން އައި ސެޓު ޖޮކޮވިޗް ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ. ފަހު ސެޓު ޖޮކޮވިޗް ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

މިއީ ޖޮކޮވިޗް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އޭނާ މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2011 ވަނަ އަހަރުގައެވެ. އަދި މިއާއެކު އޭނާގެ ޓެނިސް ކެރިއަރުގައި ކާމިޔާބުކުރި 10 ވަނަ ގްރޭންޑު ސްލޭމް މުބާރާތައް ވާއިރު، މިއީ މިއަހަރުގެ ތެރޭގައި އެކަނިވެސް އޭނާ ކާމިޔާބުކުރި ތިންވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު