kuni Ukaalumaa Manadhoo Councilun Havaalu Vejje
image
ޕިކަޕްގެ ކުރީގައި މަނަދޫ ކައުންސިލް މެމްބަރެއް- ވަގުތީ ގޮތުން ކުނިއުކާލަނީ ކައުންސިލުން: ފޮޓޯ- ލަބީގު
0 ކޮމެންޓް
 

ކޮންޓެކްޓަރު ދޫކޮލުމުން، ކުނިއުކާލުމާއި މަނަދޫ ކައުންސިލުން ހަވާލުވެއްޖެ

މަނަދޫގައި ގޭގެއިން ކުނިއުކާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް ދޫކޮށްލުމުން، ވަގުތީ ގޮތުން އެމަސައްކަތް ކުރުމަށް ރަށު ކައުންސިލުން ހަވާލު ވެއްޖެއެވެ.
އީދު ޗުއްޓީއާއި ގުޅިގެން ސަރުކާރު ބަންދުވުމުގެ އެއްދުވަސް ކުރިން މަނަދޫ ކައުންސިލުން ކުނި އުކާލުމުގެ މަސައްކަތާއި ހަވާލުވީ، ފުރަތަމަ ފަހަރަށް ކުނި އުކާލުމަށް އުސޫލެއް ކަނޑައަޅައި އަމިއްލަ ފަރާތަކާއި މަސައްކަތް ހަވާލުކުރިތާ 15 ވަކަރަށް ދުވަސް ފަހުން، އެފަރާތުން އެމަސައްކަތް ދޫކޮށްލުމުންނެވެ.

ބިޑު ހުށަހަޅައިގެން މަސައްކަތް ކާމިޔާބު ކުރި ފަރާތުން އެމަސައްކަތާއި ހަވާލުވީ މަހަކު 24،000 ރުފިޔާއަށް ކޮންމެ ދުވަހަކުވެސް ގޭގެއިން ކުނި އުކާލައި، އެކުނި ނައްތާލުމުގެ މަސައްކަތް ކުރާގޮތަށެވެ.

މިކަމާއި ގުޅިގެން މަނަދޫ ކައުންސިލުގެ ބަހެއް ލިބޭ ގޮތް ނުވިނަމަވެސް އެރަށުން މައުލޫމާތުދިން މީހަކު ބުނީ މިހާރު މަސައްކަތް ކުރިއަށް ގެންދަނީ، ކުރިން މަސައްކަތް ދޫކޮށްލި ފަރާތުން ބޭނުންކުރި މުއައްޒަފުންގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގެ ޕިކަޕް ބޭނުންކޮށްގެން ކަމަށެވެ.

ކުނި އުކާލުމުގައި މަނަދޫ ތިން ކައުންސިލަރުން ހަރަކާތްތެރިވަނީ
މަނަދޫގައި ގޭގެއިން ކުނިއުކާލައި އަދި އެތަކެތި ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދަނީ ކޮންމެ ގެއަކުން 100 ރުފިޔާގެ ފީއެއް ނަގައިގެންނެވެ. 200 އަށް ވުރެ ގިނަ ގޭގައި މީހުން ދިރިއުޅޭއިރު ވަރަށް މަދު ގެއަކުން ނޫނީ އެހިދުމަތް ބޭނުން ކުރެއެވެ.

"ކޮންޓެކްޓަރ މަސައްކަތް ދޫކޮށްލިއަސް ހިދުމަތް ލިބޭނެ ގޮތެއް އޮންނަންޖެހޭނެތާ، ގޭގެއިން ކުލި ނަގާފައި އޮތިއްޔާ. އެހެންވެގެން ކައުންސިލުން މިހާރު އެކަން ވަގުތީ ގޮތުން ކުރަނީ،" މަނަދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން މަނަދޫ ކައުންސިލްގެ ބަހެއް ލިބޭގޮތް ނުވިނަމަވެސް، އީދު ޗުއްޓީއަށް ފަހު ސަރުކާރު ހުޅުވުމުން އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނ އަތޮޅު ނ. މަނަދޫ
ހިޔާލު