Family Court ge Nunimi Huri massalatha Ithuru veje
image
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް--ފޮޓޯ ޖޭއެސްސީ
0 ކޮމެންޓް
 

ފެމެލީ ކޯޓު ނުނިމި ހުރި މައްސަލަތައް އިތުރު ވެއްޖެ

ފެމެލީ ކޯޓުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހަށް ވުރެ މިއަހަރު އޮގަސްޓު މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތައް އިތުރުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ފެމެލީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެފައި ވަނީ ސިވިލްކޯޓުން ބަލަމުން ދިޔަ ތަރިކައާއި ހިބައިގެ މައްސަލަތައް ފެމެލީ ކޯޓަށް ހުށަހަޅައި ބަލަން ފެށުމާއި ގުޅިގެން ކަމަށެވެ.

ޑީޖޭއޭއިން ހާމަކުރި ޝަރުއީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފެމެލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 37.1 އިންސައްތަ އަށް ވަނީ އިތުރުވެފައެވެ.

ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެފައިވެފައިވީ ނަމަވެސް ސުޕީރިއާ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 26.9 އިންސައްތައަށް ދަށްކުރެވިފައި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.


މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2014 ވަނަ އަހަރާ އަޅާބަލާއިރު 21.3 އިންސައްތަ އަށް ދަށް ކުރެވިފައިވާއިރު ހަމަ އެމުއްދަތުގައި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު، ކުރީ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 50.8 އިންސައްތަ އަށް ދަށް ކުރެވިފައިވާ ކަމަށް ވެސް ޑީޖޭއޭއިން ބުނެއެވެ.

ޑްރަގް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 19.7 އިންސައްތައަށް ދަށް ކުރެވިފައިވާ ކަމަށާއި، ޖުވެނައިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 57 އިންސައްތަ އަށް ދަށްކުރެވިފައިާ ކަމަށް ވެސް ޑީޖޭއޭގެ ތަފާސް ހިސާބުތަކުން ދައްކާކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު