Dhaarul'Aasaaru Hulhuvaafai Hunna Vaguthah Badhalu Genesfi
image
ދާރުލް އާސާރު--
0 ކޮމެންޓް
 

ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފި

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް އިއްޔެ ގެނައި ބަދަލާއެކު ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފިއެވެ.
އާއިލާއާއެކު އިތުރު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށާއި ސަރުކާރު ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި މަތީ ތައުލީމް ހޯދުމުގެ މަގު ފަހިކޮށް ދިނުމަށާއި އަދި ފަންނީ ގޮތުން ކުރިއަށް ދިއުމަށް މަގު ފަހި ކޮށްދިނުމަށް ކަމަށް ބުނެ އިއްޔެ ސަރުކާރުގެ ރަސްމީ ގަޑި ވަނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ބަދަލު ކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބަދަލާއިއެކު، މިއަދުންފެށިގެން ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 ކަމަށެވެ. އަދި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:30 އަށް ކަމަށެވެ.

ސަރުކާރުން އެ ގެނައި ބަދަލާއެކު، ސަރުކާރުގެ އެކި މުއައްސަސާތަކުންދަނީ މަސައްކަތުގެ ވަގުތަށް ބަދަލު ގެންނަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހެރިޓޭޖް ތާރީހު
ހިޔާލު