Open 10 billiard mubaaraaii mi mahuge 8 vaa dhuvahu fashanee
image
ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އޯޕަން 10 ބިލިއާޑް މުބާރާތް މިމަހުގެ އަށްވަނަ ދުވަހު ފަށަނީ

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތް މި މަހުގެ އަށްވަނަ ދުވަހު ފަށާގޮތަށް ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ނިންމައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެމްޕީބީއޭއިން ހުޅުވާލާފައިވާ އިރު، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައި ވެއެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ހަވަނަ ދުވަހުގައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ އެމްބީޕީއޭ ކްލަބު ހައުސްއިން ލިބޭނެ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިލިއާޑް ޕޫލް
ހިޔާލު