Open 10 Ball Billiard mubaaraathuge champion kan Shareef hoadhaifi
image
މުބާރާތުގެ ޗެމްޕިއަން ޝަރީފް ފައިނަލް މެޗުގައި ކުޅެނީ --
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދައިފި

ރާއްޖޭ ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ކުޅުންތެރިއާ މުހައްމަދު ޝަރީފް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ހުސެއިން ސަނީފް އާ ވާދަކޮށް 3-11 ފްރޭމް އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަން އަދި ރަނަރަޕް ކުޅުންތެރިއާ އަށް އިނާމް ހަވާލުކޮށްފައިވެއެވެ. އެގޮތުން ޗެމްޕިއަންކަން ހޯދި ޝަރީފް އަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުން އިރު ރަނަރަޕް ކުޅުންތެރިއާ ސަނީފް އަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.މި މުބާރާތުގައި ޖުމްލަ 47 ކުޅުންތެރިން ވާދަކޮށްފައިވާއިރު މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ގެންދިޔައީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު