Tsonga bali kurumah fahu Djokovic Shanghai Masters kaamiyaabu kohfi
image
ފައިނަލް މެޗުގައި ޖޮކޮވިޗް ކުޅެނީ -- ފޮޓޯ: ރިއުޓާސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ސޮންގާ ބަލިކުރުމަށް ފަހު ޖޮކޮވިޗް ޝަންހާއީ މާސްޓާސް ކާމިޔާބުކޮށްފި

ޝަންހާއީ މަސްޓާސް ޓެނިސް މުބާރާތުގެ ފައިނަލުގައި ޖޯ ވިލްފްރައިޑް ސޮންގާ ބަލިކުރުމަށް ފަހު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ނޯވަކް ޖޮކޮވިޗް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ސާބިއާ އަށް ނިސްބަތްވާ ޖޮކޮވިޗް ފައިނަލް މެޗު ކާމިޔާބުކުރީ 6-2، 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިއީ އުމުރުން 28 އަހަރު ޖޮކޮވިޗް މި ސީޒަނުގައި ކާމިޔާބުކުރި ނުވަވަނަ މުބާރާތެވެ. އޭނާ ވަނީ ހަތަރު ގްރޭންޑް ސްލޭމްގެ ތެރެއިން ތިން ގްރޭންޑް ސްލޭމް ވެސް ކާމިޔާބުކޮށްފައެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ ޔޫއެސް އޯޕެން މުބާރާތަށް ފަހު ޖޮކޮވިޗް ވަނީ 17 މެޗު ކުޅެ ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އަދި އޭނާ ވަނީ އެންމެ ފަހުން ކުޅުނު 22 ސެޓުވެސް ކާމިޔާބުކޮށްފައެވެ.

މި މުބާރާތާއެކު ޖޮކޮވިޗް ވަނީ ކެރިއަރުގައި ޖުމްލަ 25 މާސްޓާސް ޓްރޮފީ ހޯދާފައެވެ. މިއީ ސްވިޒަލެންޑަށް ނިސްބަތްވާ ރޯޖާ ފެޑަރާ އަށްވުރެ އެއް މުބާރާތް އިތުރަށް އަދި ރެކޯޑް ހަދާފައިވާ ސްޕޭނުގެ ރަފައޭލް ނަޑާލް އަށްވުރެ ދެ މުބާރާތް މަދު އަދަދެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު