Groupthakah Adheeb Dhevvi Fasisaa Dheveyne Ehen Gotheh Raavan Jehey: Raees Yamin
image
ނައިބު ރައީސް އިއްޔެ މާލެ ވަޑައިގަންނަވާތީވެ، ޒުވާނުންގެ ގުރޫޕަކުން ހަރަކާތްތެރިވަނީ- ފޮޓޯ: ސީއެންއެމް
7 ކޮމެންޓް
 
ގުރޫޕްތަކަށް އަދީބު ދެއްވި ފައިސާ ދެވޭނެ އެހެން ގޮތެއް ރާވަން ޖެހޭ: ރައީސް ޔާމީން

ޒުވާނުންގެ ގުރޫޕްތަކަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ފައިސާ ދެވޭނެ އެހެން ގޮތެއް ރާއްވަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާއާއި ގުޅިގެން އިއްޔެ ނައިބު ރައީސް އަދީބް ހައްޔަރުކުރެވިފައިވަނިކޮށް މިއަދު ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވަކި ބޭފުޅަކު މަގާމުން ވަކިވުމަކުން ނޫނިއްޔާ ހިދުމަތްކުރައްވަން ނެތުމަކުން ސަރުކާރަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ހަމަ ކުރިއެކޭ އެއްގޮތަށް ހިނގާނެކަމަށެވެ. އަދި ރަސްމީކޮށް ޒުވާނުންގެ ކަންތައްތައް ބަލަމުންގެންދިޔައީ ޔޫތް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ނަމަވެސް، ޒުވާނުންގެ އެކި އެކި ގްރޫޕްތަކާއި ބެހޭ ކަންތައްތައް ކުރިއަށް ގެންދިޔައީ ނައިބް ރައީސް އަދީބުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"އެހެން ނަމަވެސް ޒުވާނުންގެ އެކި އެކި ގްރޫޕްތަކަށް ބޭނުންވާ ފައިސާއާއި ބޭނުންވާ ކަންތައްތައް ހަމަޖެއްސުމުގެ އަޅުގަނޑުމެން އޭރު ދިޔައީ ވައިސް ޕްރެޒިޑެންޑް އަހްމަދު އަދީބް ނޫނިއްޔާ އޭރުގެ ޓްއަރިޒަމް މިނިސްޓަރަށް ހުންނެވި އަދީބްގެ ތެރެއިން ހަމަޖެހިގެން ދިޔައީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެެއިން- ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް ޔާމީން ވިދާޅުވީ އަދީބު ހަމަޖައްސަވަމުން ގެންދެވި އެކަންތައްތަކަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތަކަށް ނޫނިއްޔާ އެއްވެސް ދަތިކަމެއް ނެތްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އެއަށް ގޮތްތަކެއް ރާއްވަން އަޅުގަނޑުމެންޖެހޭނެ. އެހެން ނޫނިއްޔާ ސަރުކާރުން ރަސްމީކޮށް ބަޖެޓުން ކުރާ ހުރިހާ ކަމެއް ކުރުމުގައި ހަމަ އެއްވެސް ކަހަލަ ހުރަހެއް ނެތް. އެއްވެސް ދަތި ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންތައްތައް ވެދިޔަ ގޮތުން ހުރިހާ ދާއިރާއެއް އަމިއްލަފުޅަށް ބަލާ، މިހާރަށްވުރެ ބޮޑަށް އެކްޓިވާން ޖެހިފައިވާ ކަމަށެވެ. އަދި ވަކި މީހަކު ނެތިގެން ކަންތައްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމަށެވެ.

"އަޅުގަނޑު ކެބިނެޓާއިއެކު މަސައްކަތް ކުރަނީ ވަކި މީހަކު ހުރެގެން ވަކި މީހަކު ގޮސްގެން އަޅުގަނޑުމެން ކުރާ މަސައްކަތަކަށް އަނަރޫފަކަން ލިބޭނެ ކަމަށް ވިސްނައިގެންނެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ލޯންޗްކޮޅުގައި ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ނައިބު ރައީސް ހައްޔަރުކޮށްފައިވާއިރު، ނައިބު ރައީސްގެ މަގާމު ފިޔަވާ މިހާރު ފުރުއްވަމުން ގެންދަވާ ހުރިހާ މަގާމުތަކަކުން ދުރުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ހަސްނައިން ހުސައިން

އަޅުގަނޑު ދަންނަވާނީ ނައިބްރައީސް އަދީބްގެ ސަބަބުން އެތައް ގެއްލުންތަކެއް ޒުވާނުންނަށް ދިޔައީވަމުންނޭ. ޒުވާނުން މަސައްކަތެއްނުކޮއް ގުރޫޕް ހަދައިގެން އުޅުނީމާވެސް ފައިސާ ދީފައި އެބަހުރި. މިހެންވުމުން ޒުވާން ޖީލު އެބުރޭނެ ޒުވާނުންނަކީ ކައްނެއް ބަޔަކައް ހައްދަވަމުން ގެންދެވި. އެކަން އެމްޑީޕީ އިންވެސް ކުރައްވާ ލޮލުންދެކެފަ މިބުނަނީ. އަޅުގަނޑުގެ އުމުރުން ހަގެއްކަމަކު އަޅުގަނޑައް ވިސްނުނީ ރާއްޖެ ދޫކޮއްދިޔުންނޫން ގޮތެއްނެތްކަމަށް، އެކަމުގައި ވަރައް ހާލުންނަމަވެސް މިހާރު މިހުރެވެނީ ރާއްޖެއައްވުރެ ރަގަޅުމާހައުލެއްގައި. އެމްޑީ ވެރިކަމުގެ މެދަކާއި ހިސާބުން އަޅުގަނޑު އަޒުމް ކަޑައަޅާފީން ރާއްޖޭގަ ދެންއުޅެން ފަސޭހަނުވާނެކަން، އިރާދަކުރެއްވިއްޔާމު އަޅުގަނޑަށް ދަނީ މިތަނުގައި ސިޔާސީދާއިރާއިން ކުރިއެރުން ހޯދާނެ މަގުތައް ލިބެމުން. ހޭލުންތެރި ރައްޔިތެއް އުޅޭގައުމަކައް އާދެވުނީތީ އަހަރެން އުފާކުރަން. ނަމަވެސް ހަޔާތުގައި ދިވެހިރާއްޖޭގައި އަދި ދިރިއުޅެންބޭނުން. މިހާރުގެ ރައީސް ނޫނީ އަހަރުތަކެއް ފަހުންވެސް އެފަދަ މާހައުލެއް ހޯއްދަވާދެއްވުމަމަކީ އަޅުގަނޑުގެ އެދުމެއް. >ސްނޯ ހަސްސައިން، އަސްލޭންޑް އިން.

ސައީދު

ހަމަ ހައިރާން ވެއްޖެ. ޒުވާނުންގެ ގްރޫޕޭ ތިބުނީ ގޭންގު ގްރޫޕްތައް އެހެން ނޫންތޯ. އަހަރެމެންނަށް ނޭގޭ އަދީބު ލާރި ދެންޖެހޭ ސަބަބެއް. އަހަރެމެންވެސް މީ ޒުވާނުން ލާރި ދޭންވީނުން. ވަކި މަގުސަދެއް ހާސިލްކޮށް މުޅި ރާއްޖެ ތި ހަދަނީ ތިބުނާ މެދު އުޑުގައި ފިޔަ ޖަހާ ޒުވާނުން. ތީ ގުޅިގެން ޔާމީނު ހިންގި ޖަރީމާއެއް .. ޔާމީނު ޖަލަށް ލާން ޖެހޭ. ތީ ޒިންމާ ނުނަގާ ރެކެންވެގެން ޖަހާ މަޅިއެއް. ޔާމީންއަކީ ހިންގުންތެރި މީހެއް ނޫން . އެޔަށްވުރެ ކަންނެތް މީހެއް. މިހާރުވެސް ހުރީ ބޯގޮވާފަ.

ބާތީ

ރައީސްއެކްޓިވް ވާން ވަޑައިގަންނަވާ ޖަލައް

ދިގުދޫ

ބަލަ ގުރޫޕްތަކަށް އެއްވެސް އެއްޗެއް ދެއްވައިގެންނުވާނެ. އެމީހުންލައްވާ މަސައްކަތްކުރުވާފަ އެމީހުންނަށް ލާރިދީ. އެހެންނޫނީ އަހަރެމެންނަށްވެސް ދައުލަތުން ލާރިދީ. އެމީހުންނާ އެހާގުޅުން ބާއްވަން ބޭނުންވަނީ ކޮންމެވެސް ބޭނުމެއް އެމީހުންގެ ފަރާތުން ހިފަން ޖެހޭތީތާ.

މަރީ

އެހެން ކަމުގަ ވަނީނަމަ ބަޖެޓުން ބޭރުން މި ގްރޫޕްތަކަށް ލާރި ބަހަމުން ދިޔަކަން ހަމަ ރަގަޅަށް ރައީސް އަށް އެގިވަޑައިގެން ނެވި.. އަދީބު ޗެރިޓީ ފަންޑެއް ހިންގެވީތޯ؟ ކޮން ތާކުން ހޯދާ ފައިސާ އެއްތޯ ބަލާ ލާނެ ހިިތްވަރު އޭރު ގަ ނެތް ދެއްތޯ؟ މިހާރު އެބަ ޔަޤީން ވޭ ހަމަ މީ 50 50 ޙިއްސާ ވެގެން ހިންގި ޖަރީމާ އެއްކަން...

ގައުމު

ރައީސް ޔާމީން ވިދާޅުވީ އަދީބު ހަމަޖައްސަވަމުން ގެންދެވި އެކަންތައްތަކަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތަކަށް ނޫނިއްޔާ އެއްވެސް ދަތިކަމެއް ނެތްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އެއަށް ގޮތްތަކެއް ރާއްވަން އަޅުގަނޑުމެންޖެހޭނެ. އެހެން ނޫނިއްޔާ ސަރުކާރުން ރަސްމީކޮށް ބަޖެޓުން ކުރާ ހުރިހާ ކަމެއް ކުރުމުގައި ހަމަ އެއްވެސް ކަހަލަ ހުރަހެއް ނެތް. އެއްވެސް ދަތި ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން ރަސްމީކޮށް ބަޖެޓުން ކުރާ ހަރަދު ފިޔަވާ އެހެން ގޮތްގޮތުން ސަރުކާރުން މީހުންނަށްދޭ ފައިސާ އަކީ ރިސްވަތު .. މީ ކޮރަޕްސަން"