Rafael Nadal bali kurumah fahu Roger Federer Swiss Indoors kaamiyaabu kohfi
image
މި މުބާރާތް ކާމިޔާބުކުރި ފެޑަރާ (ވ) އާއި ނަޑާލް ފޮޓޮއަކަށް ހުއްޓިލައިގެން -- ފޮޓޯ: ރިއުޓާސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ރަފައޭލް ނަޑާލް ބަލިކުރުމަށް ފަހު ރޯޖާ ފެޑަރާ ސްވިސް އިންޑޯސް ކާމިޔާބުކޮށްފި

ފައިނަލުގައި ވާދަވެރި ރަފައޭލް ނަޑާލް ބަލިކުރުމަށް ފަހު ރޯޖާ ފެޑަރާ ހަތްވަނަ ފަހަރަށް ސްވިސް އިންޑޯސް މުބާރާތް ކާމިޔާބުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ފެޑަރާ މި މެޗު ކާމިޔާބުކުރީ 6-3، 5-7، 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ނަޑާލް އާ ވާދަކޮށް ޖެހިޖެހިގެން ފަސް މެޗުން ބަލިވުމަށް ފަހު ފެޑަރާ މޮޅުވި ފުރަތަމަ ފަހަރެވެ.

މި މުބާރާތާއެކު ފެޑަރާ ވަނީ މި ސީޒަނުގައި ހަ މުބާރާތް ކާމިޔާބުކޮށް ކެރިއަރުގެ 88 ވަނަ މުބާރާތް ހޯދާފައެވެ.

ރޭގެ މެޗުން ނަޑާލް ބަލިވި ނަމަވެސް ފެޑަރާ އާ ދެކޮޅަށް ކުޅެ މޮޅުވުމުގެ ރެކޯޑު ހޯދާފައިވަނީ އޭނާ އެވެ. އެގޮތުން 23 ފަހަރަށް ފެޑަރާގެ މައްޗަށް އޭނާ ކުރިހޯދާފައިވެއެވެ. ފެޑަރާ އަށް މޮޅުވެވުނީ 11 ފަހަރެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް ކުޅިވަރު
ހިޔާލު