Final gai Andy Murray bali kurumah fahu Djokovic Paris Masters kaamiyaabu kohfi
image
މި މުބާރާތުގެ ތައްޓާއެކު ޖޮކޮވިޗް ފޮޓޮއަކަށް ހުއްޓިލައިގެން -- ފޮޓޯ: އޭއެފްޕީ \ ގެޓީ އިމޭޖަސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ފައިނަލުގައި އެންޑީ މުރޭ ބަލިކުރުމަށް ފަހު ޖޮކޮވިޗް ޕެރިސް މާސްޓާސް ކާމިޔާބުކޮށްފި

އެންޑީ މުރޭ އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ދިހަވަނަ ފަހަރަށް މޮޅުވުމަށް ފަހު ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިއާ ނޯވަކް ޖޮކޮވިޗް ޕެރިސް މާސްޓާސްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ 6-2، 6-4 އިން މެޗުގެ ސެޓުތައް ގެންގޮސްގެންނެވެ.

މި މުބާރާތާއެކު ޖޮކޮވިޗް ވަނީ މި ސީޒަނުގައި ދިހަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޕެރިސް ފައިނަލުގައި ޖޮކޮވިޗް ކުޅުނު މެޗަކީ މި ސީޒަނުގައި އޭނާ ކުޅުނު 14 ވަނަ ފައިނަލް މެޗެވެ. މީގެ އިތުރުން މިއީ އޭނާ ޖެހިޖެހިގެން މޮޅުވި 22 ވަނަ މެޗަށް ވާއިރު އޮގަސްޓް މަހު ކުޅުނު ސިންސިނަޓީ ފައިނަލަށް ފަހު އޭނާ އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

މި އަހަރަކީ ޖޮކޮވިޗްގެ ޓެނިސް ކެރިއަރުގެ އެންމެ ކާމިޔާބު އަހަރަށް ވާއިރު މިއަހަރު އޭނާ ނިންމާލާނީ ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިއާގެ މަގާމުގައި އޮވެގެންކަން ވަނީ މިހާރު ކަށަވަރުވެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު