ތޮއްޑޫގެ ސްކޫލް ބަންދުކޮށް ބެލެނެވެރިން އިހުތިޖާޖް ކޮށްފި
image
ތޮއްޑޫ ސްކޫލް
މުހައްމަދު ފަޒީން
0 ކޮމެންޓް
 

ތޮއްޑޫގެ ސްކޫލް ބަންދުކޮށް ބެލެނެވެރިން އިހުތިޖާޖް ކޮށްފި

ތޮއްޑޫގައި މިއަދު އެރަށު ސްކޫލް ބަންދުކޮށް ބެލެނެވެރިން ސްކޫލްގައި އިހުތިޖާޖް ކޮށްފިއެވެ.

ތޮއްޑޫން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ ތޮއްޑޫ ބެލެނެވެރީން މިއަދު އިހުތިޖާޖްކުރީ ސްކޫލްގައި އަޅަންނިންމާފައިވާ އިމާރާތް 10 މަސްދުވަސް ވީއިރުވެސް އެކަންކޮށްފައިނުވާތީއާއި ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުން ލަސްވާތީއެވެ.

އަދި ތޮއްޑޫ ރައްޔިތުންގެ މިއަދުކުރި އިހުތިޖާޖުގައި އެރަށުން ދޫކުރަން ނިންމާފައިވާ ގޯތިތައް ދޫކުރުން ލަސްވާތީ އެކަންކަމާ ގުޅޭގޮތުންވެސް އެމީހުންގެ ޝުއޫރު ފާޅުކުރިއެވެ.

ތޮއްޑޫގެ ގިނަ ރައްޔިތުން ބައިވެރިވި މިއިހުތިޖާޖުގައި އެމީހުން ބުނަމުން ދިޔައީ އެރަށުގައި އޮންނަނީ ޑީއާރްޕީގެ ރަށުކައުންސިލެއްކަމުން އެމީހުން ރައްޔިތުންނަށް ޖެއްސުންކުރަނީ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު