5,000 aharu vefaivaa bingaraas city eh Turkey in fennijje
image
އަހްމަދު ތޯއިލް
2 ކޮމެންޓް
 

5،000 އަހަރު ވެފައިވާ ބިންގަރާސް ސިޓީ އެއް ތުރުކީ އިން ފެނިއްޖެ

ތުރުކީގެ ސެންޓްރަލް އެނަޓޯލިއާގެ ނެވެޝީރް ޕްރޮވިންސް އިން 5000އަށް ވުރެ ގިނަ އަހަރުވެފައިވާ ބިންގަރާސް ސިޓީއެއް ފެނިއްޖެ އެވެ.
މި ބިންގަރާސް ސިޓީ ފެނިފައިވަނީ އެ ހިސާބުގަނޑުގައި އިމާރާތްތައް މަރާމާތުކުރުމަށް އެކްސްކަވޭޓަރު މަސައްކަތްކުރަނިކޮށެވެ. ބިންގަރާސް އިން ފެނުނު ސިޓީގައި ގިނަ ކޮޓަރިތަކާއި ބޮޑު ބިންގަރާސް ޓަނަލްތައް ފެނިފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނަނީ މި ސިޓީ ހަތަރު މޭލު ވަރު ދިގު ކަމަށެވެ.

ބިންގަރާސް ސިޓީ ފެނުނު ހިސާބު ކައިރިން ކަޕޯޑޭޝިއޯ ޕްރޮވިންސް އިންވެސް ވަނީ ބިންގަރާހުގައި މީހުން ދިރިއުޅުނު ކަމުގެ ހެކިތަކެއް ފެނިފައެވެ. އެގޮތުން، ރޯމަން އެމްޕަޔާގެ އެންމެ ވަރުގަދަ ދުވަސްވަރުވެސް މި އޭރިއާގައި މީހުން ދިރިއުޅެފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.

"މި ބިންގަރާސް ސިޓީ އަކީ އަލަށް ފެނުނު ތަނެއް. ހަތް ކިލޯމީޓަރުގެ ދިގުމިން ހުންނަ ޓަނަލެއްވެސް ފެނިފައިވަނީ. މިތާނގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތްވެސް ވަނީ މިތަން ފެނުން ހިސާބުން ހުއްޓާލާފައި،" ތުރުކީގެ އޮފިޝަލެއް ވިދާޅުވިއެވެ.

ބިންގަރާސް ސިޓީ --

މި ބިންގަރާސް ސިޓީ ވުޖޫދަށް އައިތާ 5،000 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނާއިރު މިއީ ދުނިޔެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ބިންގަރާސް ސިޓީ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ބިންގަރާހުގައި ވާ އިމާރާތްތައް 18 ބުރިއަށް ހިއްލިފައިވާއިރު 20،000 ވުރެ ގިނަ މީހުން މި ސިޓީގައި ދިރިއުޅެފައިވާ ކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

އެކަމަކު މި ސިޓީގައި ދިރިއުޅުނު މީހުން، ދަތުރުފަތުރުކުރުމާއި ދަނޑުވެރިކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންތައް ފުރިހަމަ ކުރާ ގޮތާ މެދު ބައެއް މީހުން ހިޔާލު ތަފާތުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބިންގަރާހުގައި ވާ ހުރިހާ އިމާރާތްތައް ބޭނުން ކޮށްފައިވަނީ ދަނޑުގޮވާން ރައްކާކޮށް އެކި ތަންތަނަށް ދަތުރުކުރުމަށެވެ.

"އަހަރެމެން ގަބޫލުކުރަނީ މިތަން ބޭނުންކޮށްފައިވަނީ ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެއް ތަނަށް އަނެއް ތަނަށް ދަނޑުގޮވާން ހިފައިގެން ދާ ކަމަށް. އަންދާޒާކުރެވެނީ ނެވެޝީރު ޕްރޮވިންސްގެ ދުރުގައި ހުންނަ ފެން ލިބޭ ތަނަކަށް ނިންމާލާ ކަމަށް،" ތުރުކީގެ އޮފިޝަލް ވިދާޅުވިއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ތާރީހު ތުރުކީ
ހިޔާލު

މަލާކް

ވާއު 3>

އެދިބެ

ފެނުނިއްޔާ ފެނުން ކަލޯ!!!