Gaumee 10 ball billiard mubaaraathun 8 kulhun theriyaku kataifi
image
މި މުބާރާތުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން 8 ކުޅުންތެރިއަކު ކަޓައިފި

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން އަށް ކުޅުންތެރިއަކު ކަޓައިފިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުން ވަކިވާން ޖެހުނު ފަރާތްތަކަކީ މުހައްމަދު ނިހާޒް އާއި މާޒް އަބްދުﷲ އާއި އަބްދުﷲ ރާއިފް އާއި އިބްރާހިމް ރިޔާޒް އާއި އަބްދުﷲ ނަޝާތު އާއި އިސްމާއިލް ރަޒީން އާއި އިބްރާހިމް ރަޝީދު އަދި ފަތުހުﷲ ޖަމީލް އެވެ.

އެމްޕީބީއޭ ކްލަބް ހައުސްގައި ރޭ ކުޅުނު މެޗުތަކުގައި މުހައްމަދު ނިހާޒް އަތުން 7-4 ފްރޭމް އިން އަލީ ފަޔާޒް މޮޅެއް ހޯދިއިރު މާޒް އަބްދުﷲ އަތުން 6-7 ފްރޭމް އިން އިބްރާހިމް ހަނީފް ވަނީ މޮޅުވެފައެވެ. އަދި އަހްމަދު ރާއިފް އާ ވާދަކޮށް އިބްރާހިމް ޒިޔާއު 7-5 ފްރޭމް އިން މޮޅުވިއިރު އަހްމަދު ޒިޔާން ވަނީ އިބްރާހިމް ރިޔާޒް އަތުން 7-1 ފްރޭމް އިން މޮޅުވެފައެވެ.

އަދި އަބްދުﷲ ނަޝާތު އަތުން 5-7 ފްރޭމް އިން އައްބާސް ސައީދު މޮޅުވިއިރު މޫސާ ސާމިއު އަތުން 7-2 ފްރޭމް އިން އިސްމާއިލް ރަޒީން ވަނީ މޮޅުވެފައެވެ. މީގެ އިތުރުން އިބްރާހިމް ރަޝީދު އަތުން 5-7 ފްރޭމް އިން އަސްލަމް އަބްދުﷲ މޮޅުވިއިރު ފަތުހުﷲ ޖަމީލް އާ ވާދަކޮށް މުހައްމަދު އަކްސަމް ވަނީ 7-5 ފްރޭމް އިން މޮޅުވެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިލިއާޑް ޕޫލް
ހިޔާލު