Hulhumale' Night Market-un 206 Jaaga Dhookuranee
image
0 ކޮމެންޓް
 

ހުޅުމާލޭ ނައިޓް މާކެޓުން 206 ޖާގަ ދޫކުރަނީ

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިފެށޭ ޑިސެމްބަރުމަހު ހުޅުމާލޭގައި ނައިޓް މާކެޓެއް ބާއްވަން ހަމަޖައްސާ، 206 ޖާގަ ވިއްކުމަށް ހުޅުވާލައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ޑިސެމްބަރު 10 އިން 19 އަށް ކުރިއަށް ގެންދުޔިމަށް ހަމަޖެހިފައިވާ ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އެޗްޑީސީއިން ވަނީ ހުޅުވާލާފައެވެ. ފޯމް ދޫކުރުމާ ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ތާރިހަކީ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަސް ކަމުގައި އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް ކޮމިޓީއިން ރާވާ އިންތިޒާމުކޮށްގެން ބާއްވާ ނައިޓް މާކެޓަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެއްބާރުލުން ލިބޭކަމަށް އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް ފެސިލިޓޭޓަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން، ނައިޓް މާކެޓްއަށް ބޭނުންވާ ހުއްދަތަކާއި އަދި ބައެއް ސާމާނުވެސް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ލިބިފައިވާކަމަށް ރަޝީދު ސީއެންއެމްއަށް މައުލޫމާތުދިނެވެ.

ނައިޓް މާކެޓްގެ ވިޔަފާރި ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 00:00 އަށެވެ.

މިފަހަރުގެ ނައިޓް މާކެޓުގައި އެޗްޑީސީން ތިން ގިންތިއެއްގެ ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ:
1. 10 ފޫޓް 10 ފޫޓް ގެ 200 ޖާގަ (10 ދުވަހަށް 1500 ރުފިޔާ)
2. 20 ފޫޓް 15 ފޫޓް ގެ 4 ޖާގަ (މީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނި ތަކަށް ދޫކުރުމަށް ހަމަޖައްސާފައިވާ ޖާގައެވެ. މި ޖާގައަށް ހަތަރު ފަރާތަށްވުރެ ގިނަ ފަރާތުން އެދެފިނަމަ، ޖާގަ ދޭނެ ހަތަރުފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ ހާޒިރުގައި ގުރުއަތުންނެވެ.)
3. 20 ފޫޓް 15 ފޫޓް ގެ 2 ޖާގަ (މީ ނައިޓް މާކެޓްގައި ކެންޓީން ހިންގުމަށް ދޫކުރާ ޖާގައެވެ. މިގޮތުން މި ފަހަރުގެ ނައިޓް މާކެތްގައި ދޫކުރުމަށް ހަމަޖެހިފައިވާނި ޖުމުލަ ދެ ޖާގައެވެ. ކެންޓީން ހިންގާ ޖާގައަށްވެސް ދެ ފަރާތައްވުރެ ގިނަ ފަރާތުން އެދެފިނަމަ ކެންޓީން ދޭނެ ފަރާތެއް ކަނޑައަޅާނީ އެދުނު ހުރިހާ ފަރާތް ތަކެއްގެ ހާޒިރުގައި ގުރުއަތުންނެވެ.)
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު