Murray bali kurumah fahu Nadal semi ah
image
ނަޑާލް --
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މުރޭ ބަލިކުރުމަށް ފަހު ނަޑާލް ސެމީ އަށް

އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި އިނގިރޭސިވިލާތުގެ އޭންޑީ މުރޭގެ މައްޗަށް ކުރިހޯދުމަށް ފަހު ސެމީ ފައިނަލުން ރަފައޭލް ނަޑާލް ޖާގައެއް ހޯދައިފިއެވެ.
ނަޑާލް މި މެޗު ގެންދިޔައީ 6-4، އަދި 6-1 އިންނެވެ.

އެކަމަކު ހުކުރު ދުވަހު ސްޓޭން ވަވްރިންކާ އާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބުކޮށްފިނަމަ ސެމީ ފައިނަލަށް މުރޭ ދަތުރުކުރުމުގެ ޖާގަ އަދިވެސް އެބައޮތެވެ.

"އޭނާ ކޯޓުގެ އެންމެ ފަހަތުން ބޯޅަ ފޮނުވަމުން އައީ ވަރަށް ރަނގަޅަށް އަދި އަހަންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ވަކި ފަސޭހަލެއް ނުވި. ފުރަތަމަ ސެޓު ނިމެނިކޮށާއި ދެވަނަ ސެޓުގައި އަހަރެން ސާވްކުރީވެސް ވަރަށް ގޯސްކޮށް،" މެޗަށް ފަހު ވާހަކަ ދައްކަމުން މުރޭ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު