Gaumee 10 ball billiard mubaaraathuge champion kan Shareef hoadhaifi
image
ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދައިފި

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިއާ މުހައްމަދު ޝަރީފް ހޯދައިފިއެވެ.
އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގައި ހަތަރުވަނަ އަށް ރޭންކް ކުރެވިފައިވާ ދުންޔާޒް މުހައްމަދާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބުކޮށްގެންނެވެ. ޝަރީފް މި މުބާރާތް ކާމިޔާބުކުރި އިރު މުބާރާތުގެ އެއްވެސް މެޗަކުން އޭނާ ބަލިވެފައެއް ނުވެއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 21 ގެ ނިޔަލަށް މި މުބާރާތް ކުރިއަށް ގެންގޮސްފައިވާ ޑަބަލް އެލިމިނޭޝަނުގެ އުސޫލުންނެވެ. މުބާރާތް ކާމިޔާބުކުރި މުހައްމަދު ޝަރީފަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުން އިރު ދެވަނަ ހޯދި ދުންޔާޒް އަށް ވަނީ 4000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މި މުބާރާތުން ތިންވަނަ ހޯދި ހުސެއިން ފަޔާޒް އަށް ލިބިފައިވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޔޫސުފް ޒުބެއިރު އެވެ. އެންމެ އާދަޔާ ހިލާފު ކުޅުމެއް ދެއްކި ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން ފަޔާޒް އެވެ. މި ދެ ކުޅުންތެރިންނަށް ވެސް 100 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިލިއާޑް ޕޫލް
ހިޔާލު