Bin Vikkaa iru Nagaa Tax Kudakoh Dhinumah MACI in Edhijje
image
މަސީގެ ރައީސް ޖަނާ- ފައިލް ފޮޓޯ-
1 ކޮމެންޓް
 

ބިން ވިއްކާއިރު ނަގާ ޓެކްސް ކުޑަކޮށް ދިނުމަށް މަސީން އެދިއްޖެ

ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައިވާ، ބިން ނުވަތަ އިމާރާތެއް ވިއްކާއިރު ނަގަން ހުށަހަޅާފައިވާ ޓެކްސްގެ އަދަދު މާ ބޮޑު ކަމަށް ބުނެ އެ އަދަދު ކުޑަކޮށްދިނުމަށް މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އިން ރަައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ބިމާ ބެހޭ ގާނޫނަށް ގެންނަން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ބިން ވިއްކާއިރު ނަގާ ޓެކްސް، އެތަނުގައި ހަދާ ހުރިހާ ފްލެޓަކަށް އެއް ވަރަކަށް ބަހާލައިފިނަމަ ގަންނަ ފަރާތްތަކަށް ލިބޭ ލުޔަކަށްވާނެ ކަމަށެވެ.

ޖަނާހު ވިދާޅުވީ މަސީން އެދޭ ގޮތަކީ ޖީއެސްޓީ އާއި ވިއްކާ ފްލެޓުން ނަގާ ޓެކްސްގެ ޖުމްލަ އަދަދު 8 ޕަސެންޓަށް ވުރެ ބޮޑުނުވުން ކަމަށެވެ. އަދި މިހާރު ނަގަމުން އަންނަ ހަ ޕަސެންޓުގެ ޓެކުހާއި އެކު އިތުރަށް ދެ ޕަސެންޓު ނެގުމަށް ތާއީދުކުރާ ކަމަށާއި އެހެންނަމަވެސް މިހާރު ބިލުގައިވާ 15 ޕަސެންޓުގެ ރޭޓު މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ދާއިރާއަށް ބޭރުގެ އިންވެސްޓަރުން ވެސް ގެނެވެން އޮތީ މިހާ ޅަފަތުގައި އޮތް ކަމަކުން ނަގާ ޓެކްސްތައް ކުޑަކޮށްގެން. މިހާރު ވެސް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން އެބަ ފާޅުކުރޭ ހައުސިންގެ މަޝްރޫއުތަކަށް. އެކަމަކު އެ މީހުންގެ ޝައުގުވެރިކަން ގެއްލޭނެ މިހާ ބޮޑު ޓެކްސް ނަގަންޏާ،" ޖަނާހު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ 90 އިންސައްތަ އަކީ ދިވެހިން ކަމަށާއި މިހާތަނަށް އެ ވިޔަފާރީގެ އެއްވެސް ޕްރޮޖެކްޓެއް ފެއިލްވެފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން މިހާރު ނަގަން ހުށަހަޅާފައިވަނީ ނިއުޒިލޭންޑާއި ސިންގަޕޫރު ފަދަ މުއްސަނދި ގައުމުތަކުގައިވެސް ނަގާ ވަރަށް ވުރެ ބޮޑު އަދަދެއްކަން ފާހަގަކުރައްވައި ޖަނާހު ވިދާޅުވީ މިއަދު ނިންމާ ގޮތަކުން އިންޑަސްޓްރީ ބަނގުރޫޓް ވެސް ވެދާނެ ކަމަށެވެ. އަދި ޓެކްސް އެއް ނަގާނަމަ އެއީ އެންމެންނަށްވެސް އެކަށީގެންވާ މިންވަރުގެ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަޖިލިސް މަސީ
ހިޔާލު

އަހުމަދު،

ދެންކިހިނެއްތޯ ބަޖެޓް ދެކޮޅުޖައްސާނީ، އެގޮތަށް ލިބޭލާރިކޮޅުވެސް ހިމަނައިގެން އަންނައަހަރުގެ ބަޖެޓް ހަދާފަ އެއޮތީ.