Asia Sarahahdhuge Emme Bodu Construction Jamiyyaage Naib Raeesakah Janah
image
ޖަނާ އިފޮޕްކާގެ އާ މަގާމުތަކަށް ހޮވުނު ބޭފުޅުންނާއެކު---
1 ކޮމެންޓް
 

އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ޖަމިއްޔާގެ ނައިބު ރައީސަކަށް ޖަނާ

އޭޝިޔާއާއި ހުޅަނގު ޕެސިފިކް ސަރަހައްދުގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެންމެ ބޮޑު ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް(އިފޮޕްކާ)ގެ ދެ ވަނަ ނައިބް ރައީސަކަށް މުހައްމަދު އަލީ ޖަނާހު އިންތިހާބުކޮށްފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން(މަސީ)ގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޖަނާ އެމަގާމަށް އިންތިހާބުކޮށްފައިވަނީ މިމަހުގެ 16 އިން 19 އަށް ޖަޕާންގެ ޓޮކްޔޯގައި އިފޮޕްކާގެ 42 ވަނަ އާއްމު ބައްދަލުވުމުގައެވެ. އޭޝިޔާއާއި ހުޅަނގު ޕެސިފިކްގެ 17 ގައުމަކުން 750 މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ކޮރެއާ ބޭފުޅެކެވެ. ފުރަތަމަ ނައިބް ރައީސަކަށް އިންތިހާބުކޮށްފައިވަނީ މެލޭޝިޔާ ބޭފުޅެކެވެ.

އިފޮޕްކާގެ ދެވަނަ ނައިބް ރައީސަކަށް ޖަނާ އިންތިހާބުކޮށްފައިވާއިރު ޖަނާއަކީ އެޖަމިއްޔާގެ ތައުލީމާއި ހިއުމަން ރިސޯސްއާއި ބެހޭ ކޮމިޓީގެ ޗެއާމަނެވެ. މިއީ އެކޮމިޓީގެ ޗެއާމަންކަން ޖަނާ ކުރައްވާ ހަތަރު ވަނަ އަހަރެވެ.މިއީ އޭޝިޔާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ އެހާ ބޮޑު ޖަމިއްޔާއެއްގެ ނައިބް ރައީސްކަން ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު

ވަހީދު

ވަރަށް އުފާ ކުރަން ، ވަރަށް ތަޚްނިޔާ ޖަނާއަށް