Federer bali kurumah fahu Djokovic ATP World Tour kaamiyaabu kohfi
image
މުބާރާތުގެ ތައްޓާއެކު ޖޮކޮވިޗް އުފާފާޅުކުރަނީ -- ފޮޓޯ: ރިއުޓާސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ފެޑަރާ ބަލިކުރުމަށް ފަހު ޖޮކޮވިޗް އޭޓީޕީ ވޯލްޑް ޓުއާ ކާމިޔާބުކޮށްފި

ރޯޖާ ފެޑަރާ ބަލިކުރުމަށް ފަހު ނޯވަކް ޖޮކޮވިޗް ކެރިއަރުގެ ހަތަރުވަނަ ފަހަރަށް އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ތަށި ހޯދައިފިއެވެ.
ސާބިއާ އަށް ނިސްބަތްވާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ ލަންޑަނުގެ އޯ2 އެރީނާގައި ފެޑަރާ އާ ދެކޮޅަށް ކުޅެ 80 މިނެޓުގެ ތެރޭގައި 6-3، 6-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

"ކޯޓު މަތީގައި ހޭދަކުރާ ހުރިހާ ވަގުތުކޮޅެއްވެސް އަހަރެން ބަލައިގަންނަނީ ހިތްހަމަޖެހުމާއެކު. އުމުރުން އެންމެ ޅަ އިރުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުން ހުރިހާ ވަގުތުކޮޅެއްވެސް ހިތުގެ އެންމެ ފުންމިނުން އުފާކުރަން،" ޖޮކޮވިޗް ބުންޏެވެ.

މި ސީޒަން ނިމުން އިރު ޖޮކިވިޗް ވަނީ ތިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށް 11 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

އެއާއެކު އުމުރުން 28 އަހަރުގެ ޖޮކިވިޗް ވަނީ ސީޒަން ފިނާލޭ ފަސް ފަހަރަށް ކާމިޔާބުކޮށް 1987 ވަނަ އަހަރު އައިވަން ލެންޑްލް ހޯދި ރެކޯޑް މުގުރާލާފައެވެ.

"މޮޅުވާ ކޮޅުގައި ނުކުޅުމަކީ މަޖާކަމެއް ނޫން އެކަމަކު މިދިޔަ އަހަރު ގޮތަށް އެއްވެސް މެޗެއް ނު ކުޅެ ހުރުމަށް ވުރެ އެކަން ރަނގަޅު. މި ހަފްތާ ދިޔައީ ވަރަށް ރަނގަޅަށް އެކަމަކު މި އަހަރުގެ ހާދިސާތަކާ އެއްގޮތަށް ޖޮކޮވިޗް އަށް މި މޮޅު ހައްގު،" މެޗަށް ފަހު ވާހަކަ ދައްކަމުން ރޯޖާ ފެޑަރާ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު