Gaumeedhuvas Faahaga Kurumah Raees Yamin Utheemah
image
ގައުމީ ދުވަހަށް އުތީމުގައި ވާ ތައްޔާރީތައް--ފޮޓޯ: ކައުންސިލް
1 ކޮމެންޓް
 

ގައުމީ ދުވަސް ފާހަގަ ކުރުމަށް ރައީސް ޔާމީން އުތީމަށް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން ހއ އުތީމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އުތީމު ކައުންސިލްގެ ނައިބު ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ ގައުމީ ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް މިއަންނަ އާދިއްތަ ދުވަހު ރައީސް އުތީމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ އޮތީ މިމަހުގެ 13 ވަނަ ދުވަހު ހެނދުނު 10:00 ގައި ކަމަށާއި އެޖަލްސާގައި ރައީސް ބައިވެރި ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިިތުރުން ޑިފެންސް މިނިސްޓަރު ޑރ. މުހައްމަދު ޝަރީފާއި، ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ދައުލަތު އިސްވެރިން ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އުތީމަށް ވަޑައިގަންނަވާ ކަމަށް އުތީމު ކައުންސިލުން ބުނެއެވެ.


ރަސްމީ ފާލަން--ފޮޓޯ:ކައުންސިލް

އަބްދުﷲ ރަޝީދު ވިދާޅުވީ ގައުމީ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ އެންމެ ބުރަ މަސައްކަތެއް ކޮށްދެއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ކަމަށެވެ.

"އެމްޕީއަކަށް ހޮވުނު ހިސާބުން ފެށިގެން ސުޖާ ކުރެއްވި މަސައްކަތުން މިއަދު ގައުމީ ފެންވަރުގަ، ގައުމީ ދުވަސް އުތީމުގައި މިފާހަގަ ކުރެވެނީ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކައުންސިލުން ބުނީ ގައުމީ ދުވަސް އުތީމުގައި ފާހަގަ ކުރުމައްޓަކައި ސުޖާ ގިނަގުނަ މަސައްކަތް ތަކެއް ކޮށްދީފައިވާ ކަމަށެވެ.

ގައުމީ ދުވަހާއި ގުޅިގެން އުތީމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، އެ ހަރާކަތްތައް މިމަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ދުވަހަށް ހާއްސަ ކޮށްގެން ސިފައިން ހަދަމުންދާ ކަޅުއޮށްފުއްމީގެ ހަނދާނީ ބިނާގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި ގައުމީދުވަހަށް އެމަސައްކަތް ނިމޭނެ ކަމުގެ ޔަގީން ކަން އެމްއެންޑީއެފުން ދީފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ގައުމީ ދުވަހުގެ ހަރަކާތްތައް 12 ވަނަ ދުވަހު ފަށާއިރު އެދުވަހުގެ ހަވީރު ސިފައިންގެ ހާއްސަ ޑްރިލްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެރޭއާއި 13 ދުވަހުގެ ރޭ ވެސް ހާއްސަ ޝޯތަކެއް ވެސް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އަބުދުﷲ ރަޝީދު ވިދާޅުވީ 13 ވަނަ ދުވަހު ހަވީރު ސަގާފީ ކުޅިވަރުތައް ދައްކުވައިދޭ ހަވީރެއް އޮންނަ ކަމަށެވެ. އަދި އެހަވީރުގައި އެއަތޮޅުގެ އެކި ރަށްރަށުންނާއި އުތީމުގެ އިތުރަށް ސިފައިންގެ ހަރަކާތްތަކެއް ފެނިގެން ދާނެ ކަމަށްވެއެވެ.

އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގައި އޮލިމްޕިއަންސް ގްރޫޕާއި އެކްސްރޭ ބޭންޑު ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.


އުތީމުގައި ހަދާފައިވާ މަސްމާރުކޭޓް ސަރަހައްދު--ފޮޓޯ: ކައުންސިލް

އުތީމު ރައްޔިތުން ގިނަ މައްސަކަތަކެއް ކުރަމުންދާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސްގެ އަބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވަނީ އުތީމު އަންހެނުންނަން ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަންހެނަކަށް ބުރުގައެއް ހަދިޔާ ކޮށްފައެވެ. ފިރިހެނުން ކޮށްފައިވާ މަސައްކަތް ބައްލަވާ ހިތްވަރު ދިނުމުގެ ގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމު އަބްދުއްﷲ 25 ހާސް ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

އުތީމުގައި ތައްގަނޑަށް ކޮންކްރީޓް އަޅައިގެން ކަޅުއޮއްފުމި ހަދަމުންދާއިރު މިނިވަން 50 ހާއި ގުޅިގެން ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި ރަސްމީކޮށް އިފްތިތާހު ކުރަން 13 ވަނަ ދުވަހު އުތީމަށް ގެންނަ ކަމަށާއި ކަޅުއޮއްފުންމި ރަސްމީކޮށް އިފްތިތާހު ކޮށްދެއްވަނީ ރައީސް ޔާމީން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.


ތައްގަނޑަށް ކޮންކްރީޓުން އަޅަމުންދާ ކަޅުއޮށްފުންމި-- ފޮޓޯ: ކައުންސިލް
ޕޯޗްގީޒުންގެ އަޅުވެތި ކަމުން ރާއްޖެ މިނިވަން ކުރުމަށް އުތީމު ތިން ބެއިން ބޭނުން ކުރެއްވި އޮޑި ކަމަށްވާ "ކަޅުއޮށްފުއްމި" މިނިވަން 50އާއި ގުޅުވައިގެން އަލުން ބަނދެފައިވާއިރު، ކަޅުއޮށްފުއްމި ރަސްމީކޮށް އިފްތިތާހު ކުރުމަށް އުތީމު ރައްޔިތުން ތިން ފަރިވަޅު އަރުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގައުމީ ދުވަހަކީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކޮށް ދިން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަބީއުލްއައްވަލު އެއްވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޔާމީން ބުރޯ

ގުޑް ލަކް މޭން