Gaddafi ge dharikalun Lebanon ga raheenu kurumah fahu minivan koffi
image
0 ކޮމެންޓް
 

ގައްޒާފީގެ ދަރިކަލުން ލުބްނާނުގައި ރަހީނު ކުރުމަށް ފަހު މިނިވަންކޮށްފި

ލުބްނާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ހަނިބާލް ރަހީނު ކުރުމަށް ފަހު މިނިވަންކޮށްފިއެވެ.
ލުބްނާނު ޓީވީ އިން ދެއްކި ވީޑިއޯއެއްގައި ހަނިބާލް ވަނީ 1978 ވަނަ އަހަރު ގެއްލުނު ޝިއައީ ލީޑަރު މޫސާ އަލް ސަދްރް އާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައެވެ.

ލުބްނާންގެ ފުލުހުން ބުނީ ހަނިބާލް މިނިވަން ކުރީ ބާލްބެކް ސިޓީ އިން ކަމަށާއި، އޭގެ ފަހުން ބެއިރޫތަށް ފޮނުވާފައިވާ ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހަނިބާލް އަށް އޮމާން ގައި ހުރުމުގެ ހުއްދަ ދީފައިވަނީ 2012 ވަނަ އަހަރުއެވެ. އޭނާގެ ބައްޕަ ގައްޒާފީގެ ވެރިކަން ވައްޓާލާފައި ވަނީ 2011 ވަނަ އަހަރުއެވެ.

20 ވަނަ ގަރުނުގެ އެންމެ މަގްބޫލު އެއް ޝިއައީ ލީޑަރުންގެ ތެރޭގައި ހިމެނޭ އަލް ސަދްރް ގެއްލިފައި ވަނީ 1978 ވަނަ އަހަރު ލީބިޔާ އަށް ކުރި ދަތުރެއްގައެވެ.

އޭނާ ގެއްލުމުގައި ގައްޒާފީ ގެ އެއްވެސް ދައުރެއް ނުވާ ކަމަށް ގައްޒާފީ ބުނެއެވެ. ނަމަވެސް ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި އެކަން ރާވާފައި ވަނީ ގައްޒާފީއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ލީބިޔާ ލުބްނާނު
ހިޔާލު