Ahna Aharu Kaiveni Nukohdhey Dhuvasthah!
image
ފެމެލީ ކޯޓު ބޭރުގައި ތިބި ބަޔަކު... ސީއެންއެމް ފޮޓޯ: އީސާ ހަސަން
3 ކޮމެންޓް
 

އަންނަ އަހަރު ކައިވެނި ނުކޮށްދޭ ދުވަސްތައް!

މިފެށޭ 2016 ވަނަ އަހަރު އާންމުކޮށް ކާވެނިކޮށްނުދެވޭ ދުވަސްތައްކެއްގެ ގޮތުގައި ދުވަސްތަކެއް ކަނޑައަޅައި އާންމުކޮށްފިއެވެ.
ގެޒެޓުގައި ފެމެލީ ކޯޓުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން މިއަންނަ އަހަރު އާންމުކޮށް އެއްވެސް ހޮނިހިރުދުވަހެއްގައި ކައިވެނި ކޮށް ނުދެވޭނެ އެވެ.

އޭގެ އިތުރަން ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި (ޖޫން ހައެއް ނުވަތަ ހަތްވަނަ ދުވަސް) ފިތުރު އީދުގެ މުނާސަބަތުގައި ޖުލައި ހަ ވަނަ ދުވަހުން ފެށިގެން ނުވަނަ ދުވަހާއި ހަމައަށެވެ. އަދި އަޟްހާ އީދުގެ މުނާސަބަތުގައި ސެޕްޓެންބަރު 11 އިން 17 އަށް ވެސް ކައިވެނި އާންމުކޮށް ނުކުރެވޭނެ ކަމަށް އާންމު މައުލޫމާތުގައި ވެއެވެ.

އާންމު މައުލޫމާތުގައި ވަނީ ކޯޓްގައާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭ ގަޑިތަކެއް ވެސް ކަނޑައަޅާ އާންމު ކޮށްފައެވެ.

އެގޮތުން ކޯޓުގައި ކައިވެނި ކުރެވޭ ރަސްމީ ގަޑިއަކީ ހެނދުނު 09:00 ން 11:30 އަށް އަދި ނުރަސްމީގަޑީގައި 16:00 ން 22:00 އަށް ކަމަށް އާންމު މައުލޫމާތުގައި ބުނެފައި ވެއެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކުރެވޭ ގަޑިއަކީ ހަވީރު 16:00 ން 22:00 އަށެވެ.

އާންމު މައުލޫމާތުގައި ބުނެފައިވަނީ އެ ދުވަސްތައް ފިޔަވައި އަހަރުގެ ކޮންމެ ދުވަހެއްގައި ކާވެނި ކޮށްދެވޭނެ ކަމަށާއި އަދި މަތީގައިވާ ދުވަސްތަކުންކުރެ ދުވަހެއްގައި ކާވެނިކުރަން ބޭނުންނަމަ ސަބަބު ބަޔާންކޮށް ކޯޓަށް ސިޓީއަކުން ހުށަހެޅުމުން މަގުބޫލު ސަބަބެއް ކަމުގައިވާނަމަ އެދުވަސްތަކުގައި ކާވެނިކޮށްދިނުމުގެ ކަންތައް ކޯޓުން ހަމަޖައްސައިދޭނެ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޜިހާން

މީހުން ފާޙިސް ކަންތައްތަކަތް އަރާގަތްނަން ހިއްވަރު ދެނީތަ

ވަކީލު

ތިޔަ ނިންމުމަކީ އާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދާ ފުށޫ އަރާ ނިންމުމެކެވެ. އެހެންކަމުން ޤާނޫނީ ގޮތުން ރައްޔިތުންނަށް ލިބިދީފައޮތް ކައިވެނިކުރުމުގެ ހައްޤު ހިމާޔަތްކުރަމާ

އަފީގް

ބައިވަރު ރުފިޔާ ނަގާނެ ގޮތެއް ހޯދަނީ.