Komanaduaai Holhudhoo Ah Udha Erun: Komandoo gehge meehun badhalu kuran jehunu
image
ކޮމަންޑޫގެ އުދައިގެ އަސަރުކޮށް ފެންގަނޑު ވަދެފައި--ފޮޓޯ:ޕޮލިސް
0 ކޮމެންޓް
 

ކޮމަންޑޫއާއި ހޮޅުދޫއަށް އުދަ އެރުން: ކޮމަންޑޫ ގެއެއްގެ މީހުން ބަދަލުކުރަން ޖެހުނު

ށ. ކޮމަންޑޫ އިރު އުތުރު ފަރާތަށާއި ނ. ހޮޅުދޫ އިރު އުތުރުފަރާތުން އުދަ އަރައި، ކޮމަންޑޫ ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކޮމަންޑޫ އަށް އުދައަރައި އުދައިގެ އަސަރުކުރަން ފަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރުއެވެ. އެރަށު އިރު އުތުރު ފަރާތުން 300 ފޫޓެއްހާ އެއްގަމަށް ރާޅުއަރާފައިވާކަމަށާއި އަދި ކޮމަންޑޫއަށް އުދަ އެރުމުގެ ސަބަބުން އެރަށުގެ ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ފުލުހުން ބުނީ ކޮމަންޑޫ އަށް އުދަ އެރުމާ ގުޅިގެން އެރަށުގެ މީހުން ބަދަލު ކުރި ގެއަށް ލޮނުގަނޑުވަދެ ގޭގައިހުރި މުދަލަށް ވަރަށް ބޮޑަށް ގެއްލުން ލިބި ކަރަންޓު ވެސް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

ލޮނުގަނޑު ރަށުތެރެއަށް ދިޔަ ނުދިނުމަށް ކައުންސިލްގެ މެމްބަރުންނާ ފުލުހުންނާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރަށުގެ އާންމު ހާލަތު މިހާރު ރަނގަޅު ކަމަށް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހޮޅުދޫއަށް އުދައިގެ އަސަރު ކުރަން ދަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރު ކަމަށެވެ.


ހޮޅުދޫއަށް އެރި އުދައިގެ އަސަރު ރަށުގެ އިރު އުތުރު ފަރާތުން 200 ފޫޓެއްހާ ހިސާބަށް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން މީހުން ދިރިއުޅޭ ތިން ގެއަކާއި ހަމައަށް ލޮނުގަނޑު ގޮސްފައިވާ ކަމަށެވެ. ނަމަވެސް ވެލިބަސްތާ ޖަހައިގެން ކުރެވުނު މަސައްކަތުން އެއްވެސް ގެއަކަށް ލޮނުގެ އަސަރު ކުރިޔަނުދީ ލޮނުގަނޑު ހިފެހެއްޓިފައި ވާކަމަށާއި އާންމު ހާލަތު މިހާރު ރަނގަޅުކަމަށް ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ކޮމަންޑޫ އަށާއި ހޮޅުދޫއަށް އެރި އުދައަކީ އިރުވައި މޫސުމުގެ ހަޅައިގެ ސަބަބުން ދިޔަވަރު ބޮޑު ވަގުތުގައި އެރި އުދަކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު