Huttuvaane kamuge Inzaaru dhinumun Nellaidhoo Ban'dharuge massaikai huttifai.
image
3 ކޮމެންޓް
 

ހުއްޓުވާނެ ކަމުގެ އިންޒާރު ދިނުމުން ނެއްލައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި

ހަދަމުންދާ ބަނދަރާ މެދު އެރަށުގެ ރައްޔިތުން ހިތް ހަމަނުޖެހިގެން ނުކުމެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު ދިނުމުން ހދ.ނެއްލައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ރަށު ކައުންސިލުން ނިންމައިފިއެވެ.
ނެއްލައިދޫ ބަނދަރު ރައްޔިތުން އެދޭ ގޮތަށް ނުހަދާތީ އަންގާރަ ދުވަހު ރައްޔިތުން ނިކުމެ ހިތްހަމަ ނުޖެހުން ފާޅުކޮށް، ޑިމާންޑްތަކެެއް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރެއިން ބަނދަރުގެ ދެކޮޅުގައި ޕޭމަންޓްގެ ގާނެތުމާއި ބަނދަރުގެ ފައިކަށި ކުރުވުމާއި ބަނދަރުގައި އެކަށީގެންވާ މިންވަރަށް ލައިޓްތައް ނެތުމުން އަލިނުވާތީ އެކަން ރަނގަޅު ކުރުމަށް ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލު މެމްބަރު ފާރޫގު އާދަމު ވިދާޅުވީ އަންގާރަ ދުވަހު ބަނދަރުގައި ކުރަން ހުރި މަސައްކަތްތައް ހުރިގޮތަށް ބަހައްޓާފައި އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ.

"އަންގާރަ ދުވަހު ބަނދަރުގެ އަތްމަތީ ތޮށި ޖެހުމުގެ މަސައްކަތް ކުރިއަށް ދިޔައީ. އެކަމަކު ވަކި ހިސާބަކުން ބަސްތާތައް ދޫކޮށް ދިޔަފަހުން މަސައްކަތް ކުރިޔަކަށް ނުދޭ." ފާރޫގް ވިދާޅުވިއެވެ.

ސީއެންއެމް އަށް އިތުރު މައުލޫމާތު ދެމުން ނެއްލައިދޫ ކައުންސިލުން އަބްދުލްހަމީދު ހުސައިން ވިދާޅުވީ ރައްޔިތުން އެދިފައިވާ ޑިމާންޑްތަކަށް އެއްވެސް ކަމާބެހޭ ފަރާތަކުން އަދި ޖަވާބު ދީފާނުވާކަމަށެވެ.

"ރައްޔިތުން އެދުވަހު ބުނަމުން ދިޔައީ އެމީހުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ނުކުރާކަމަށް ވަންޏާ ރައްޔިތުން ނިކުމެ މަސައްކަތް ހުއްޓުވާނެކަމަށް." އަބްދުލްހަމީދު ވިދާޅުވިއެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މޯޑު

ދެންހަދާދޭނެކަމެއްނެއް ފޮނިބޮޑުވީމަ ވާނީ ތޮހެން

އިންތިޚާބު

ސަރުކާރުން ހިންގާ މިފަދަ މަސްރޫއުތަކަކީ ދޭކުރެހުމާއި، މަޢުލޫމާތައް ބަލައިގެން ހުށަހެޅޭ އަގަކަށް ބަޔަކާއި މަސައްކަތް ޙަވާލުކޮށްގެން ހިންގޭ މަސްރޫޢުތަކެކެވެ. މަސްރޫއުގެ މަދު ތެރެއިން ނުވަތަ ނިމެން ކައިރިވާފަހުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ޑިމާންޑްކުރާ ކަންކަން ވަގުތުން ވަގުތައް ކުރުމަކީ ސަރުކާރަށްވެސް ކުރަން ފަސޭހަކަމެއް ނޫނެވެ. އަނެއްކާ މަސައްކަތާ ހަވާލުވެގެން އުޅޭމީހުންގެ ތަކެއްޗާއި މީހުންގެ ރައްކާތެރިކަމަށް ބަލައި މަސައްކަތް ހުއްޓާލުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ބައްޕަގެ ކުންފުނީގައި ކަންކަން ކުރާގޮތަށް ސަރުކާރުގެ މަސްރޫއުތައް ދެއިރު ދެދަޅައަށް ބަދަލުގެނައުމަކީ ކުރެވޭނެ ކަމެއްނޫނެވެ.

ބޯހުދު

ދެން ރަނގަޅުވާނީ ބަނދަރު ހެދުމުގެ މަސްރޫޢު އެކުގައި ހުއްޓާލީމަ ހިސާބަށްވުރެ ފޮނި ބޮޑުވެ ދައުލަތަށް ގެއްލުންދޭ ރަށްރަށަށް އަލުން އެފަދަ ޚިދުމަތްތައް ދިނުން ރަނގަޅެއްނޫން