Cricket match ehgai India kujjaku 1009 run hamakohfi
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ކްރިކެޓް މެޗެއްގައި އިންޑިއާ ކުއްޖަކު 1009 ރަން ހަމަކޮށްފި

އިންޑިއާގެ ޒުވާން ކުއްޖަކު އެންމެ އިނިންގް އެއްގެ ތެރޭގައި 1009 ރަން ހަމަކޮށް ސްކޫލް ކްރިކެޓުގައި ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
އުމުރުން 15 އަހަރުގެ ޕްރާނަވް ދަނަވާޑޭ މި ރެކޯޑް ހަދާފައިވަނީ 1899 ވަނަ އަހަރު އާތަރު ކޮލިންސް ހެދި 628 ރަންގެ މައްޗަށް ކުރިހޯދުމަށް ފަހުގައެވެ.

އެޗްޓީ ބަންޑާރި ކަޕްގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި އޭނާ މި ރެކޯޑް ހަދާފައިވާއިރު އޭނާ ވަނީ 59 ފަހަރަށް ހަ ޕޮއިންޓް ހޯދާ 127 ފަހަރަށް ހަތަރު ޕޮއިންޓް ހޯދާފައެވެ. އޭނާގެ ސްކޫލް ކަމުގައިވާ ކޭސީ ގާންދީ ސްކޫލާއި އިދިކޮޅު އާރްޔާ ގުރުކުލް ސްކޫލުން ބައްދަލުކުރި މެޗުގައި އޭނާ މި ރެކޯޑް ހަދާފައިވަނީ 395 މިނެޓުގެ ތެރޭގައެވެ.

މުމްބާއީގެ ސްކޫލް ކްރިކެޓަކީ ވަރަށް ވާދަވެރި ކުޅިވަރެކެވެ. އެގޮތުން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ސަޗިން ތެންޑޫކާ އާއި ރޯހިޓް ޝަރްމާ ކަހަލަ ކުޅުންތެރިން އުފެދިފައިވަނީ މުމްބާއީގެ ސްކޫލް ކްރިކެޓުންނެވެ.

"އަހަރެން އެންމެ ފުރަތަަމަ ކުޅުން އިރު ނުވިސްނަން މި ރެކޯޑް ފުނޑާލާކަށް. އަހަރެން ބޭނުންވީ އާދައިގެ ކުޅުމުން އެޓޭކް ކުރަން،" އިންޑިއާގެ ހިންދުސްތާން ޓައިމްސް އަށް ވާހަކަ ދައްކަމުން ދަނަވާޑޭ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް އިންޑިއާ
ހިޔާލު